ދައުވާ ކުރިޔަސް އިސްތިއުފާ ދިނުމާމެދު އިތުރަށް ވިސްނާނަން: މަހްލޫފު

ދައުވާ ކުރިޔަސް އިސްތިއުފާ ދިނުމާމެދު އިތުރަށް ވިސްނާނަން: މަހްލޫފު

ގުޅުންހުރި

ކުރިން ނިންމަވައިގެން ހުންނެވީ ޕީޖީ އޮފީހުން މައްސަލާގައި ގޮތެއް ނިންމީމަ އިސްތިއުފާ ދޭން ނަމަވެސް ދެން ދައުވާ ކުރިޔަސް އިސްތިއުފާދިނުމާ މެދު އިތުރަށް ވިސްނާނެކަމަށް މަގާމުން ސަަސްޕެންޑްކުރައްވާފައި ހުންނެވި ޔޫތު މިނިސްޓަރ އަޙްމަދު މަހްލޫފު ވިދާޅުވެއްޖެ

މަހްލޫފު ވަނީ ޕީޖީއޮފިހުގައި އޮތް އޭނާގެ މައްސަލައާގުޅޭގޮތުން ދާދި ދެންމެއަކު ޓްވިޓާގައި އިހުސާސްތައް ބަންޑުންކޮށްލާފަ އެވެ. އެގޮތުން މަހްލޫފު ވިދާޅުވީ މިވާހަކަ ރައީސް އަށްވެސް ރަސްމީކޮށް ދަންނަވާނެ ކަމަށައި މަގާމުން ވަކިކުރުމަކީ ރައީސުލްޖުހޫރިއްޔާއަށް ޤާނޫނު އަސާސީން މަތިކޮށްފައިވާ ބާރެއް ކަމުން، އެކަމުގައި ގޮތެއް ނިންމަވާނީ ރައީސް ކަމަށްވެސް މަހްލޫފު ވަނީ ވިދާޅުވެފައެވެ.

މަހްލޫފު ވިދާޅުވީ ފެށުނީއްސުރެ އޭނާގެ މައްސަލައިގެ ތެރެއަށް ނުފޫޒުގަދަ ސިޔާސީ ބަޔަކު ވަދެ މިކަން ހިންގަނީ ސީދާ ޒާތީ ގޮތުން ކަމަށެވެ. އަދި ދައުވާކޮށްފިނަމަ ކޯޓުތެރޭން އެހުރިހާ ކަމެއް ހާމަވާނެ ކަމަށްވެސް މަހްލޫފު ވިދާޅުވިއެވެ. އަދި ޕީޖީގެ މައްޗަށް މަހްލޫފު ވަނީ މި މައްސަލާގައި ގިނަ ތުހުމަތު ތަކެއް ކޮށްފައެވެ.

މީގެ އިތުރުން ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު މެދުވެރިކޮށް ލަންކާ ރައްޔިތެއްގެ ބަޔާން ރާއްޖެއާއި ލަންކާގެ ގާނޫނޫތަކާ ހިލާފަށް ނެގިމައްސަލައެއް ލަންކާއިންނާއި ރާއްޖޭގެ ފޮރިން މިނިސްޓްރީންވެސް ބަލަމުން ގެންދާކަމަށް މަހްލޫފު ވަނީ ވިދާޅުވެފައެވެ.

"އަދި ލަންކާގަ ހުންނަވާ ދިވެހި ސަފީރު މިނިސްޓްރީ އަަށްވެސް މިކަން ސިއްރުން ހިންގަވާފައިވާ ކަން ފަޅާއަރާ އެމައްސަލަ ފޮރިން މިނިސްޓްރީ އިންވެސް ތަހުގީގު އެބަ ކުރޭ. ޖިނާއީ ތަހުގީގު ޒޫމް މެދުވެރިކޮށް ހިންގިއިރު ސަފީރު އެތާ އިންނެވިތަން ވީޑިއޯއިން ފެނޭ، ރައީސް އަށްްވެސް އެތާ ނީއްނެވޭނެ"

– މަހްލޫފު

މީގެ އިތުރުން ގިނަވެގެން 6 ދުވަސްތެރޭ ދައުވާ ކުރުމާމެދު ގޮތެއް ނިންމާކަމަށް ޕީޖީ ޕްރެސްގަ ވިދާޅުވި ކަމަށާއި އޭނާގެ މައްސަލަ އޮންނަތާ 60 ދުވަސް ވެފައި ވާކަމަށްވެސް މަހްލޫފު ވަނީ ވިދާޅުވެފައެވެ.

"އެމްއެމްޕީއާރްސީގެ މައްސަލަތައް ނިންމަން ނަގާފައޮތް ކޮމިޓީ އިން ދައުވާ ނުކުރެވޭނެކަމަށް ބުނުމުން، އެމީހުންގެއަތުން މައްސަލަ އަތުލާ ހަވާލުކުރީ އެހެން ބަޔަކާ."

– މަހްލޫފު

މަހްލޫފުގެ ޗެޓްލޮގެއް ކަމަށް ބުނާ ޗެޓްލޮގްގެ އެނެލެސިސް ހެދި ފަރާތްތަކުން ކޯޓަށް ހާޒިރުކުރަން މަސައްކަތްކުރިއިރު އެމީހުން ކޯޓަށް އަޔަސް ޗެއިން އޮފް ކަސްޓަޑީ ނެތް އެއްޗެއްގެ އެއްވެސް ޤާނޫނީ ބުރަދަނެއް ކަމަށް އެމީހުން ބުނެފައި ވާކަމަށްވެސް މަހްލޫފު ވިދާޅުވިއެވެ. މީގެ އިތުރުން އެ ޗެޓް ލޮގްތަކުގަ އޭނާ ދެއްކި ކަމަށް ބުނާ އެއްވެސް ވާހަކައެއްވެސް ނެތް ކަމަށް މަހްލޫފު ވިދާޅުވިއެވެ.

މިނިސްޓަރު މަހްލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އޭސީސީން ދެފަހަރެއްގެ މަތިން ޕީޖީ އޮފީހުގައި ވަނީ އެދިފަ އެވެ. އޭނާގެ މައްޗަށް އޭސީސީން ބެލި މައްސަލައަކީ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅޭ ފައިސާ ލިބިފައި ވާކަމަށް ތުހުމަތުކުރާ މައްސަލައެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ