ތާލިބާނުން، އަފްއާނިސްތާނުގެ ވެރިކަންކުރާ 6ވަނަ ސިޓީ ހިފައިފި

ތާލިބާނުން، އަފްއާނިސްތާނުގެ ވެރިކަންކުރާ 6ވަނަ ސިޓީ ހިފައިފި

Author
ހުސެއިން
09 އޮގަސްޓް 2021 05:38
0

4 ދުވަހުގެ ތެރޭގައި ތާލިބާން ހަގުރާމަވެރިން އަފްއާނިސްތާންގެ 6 ޕްރޮވިންޝަލް ކެޕިޓަލްސިޓީ އެމީހުންގެ ބާރުގެ ދަށަށް ގެނެސްފިއެވެ.

ތަލިބާން ހަގުރާމަވެރި ޖަމާއަތުގެ ތަރުޖަމާން ހޯމަދުވަހު ހެނދުނުވަނީ، އަފްއާނިސްތާނުގެ އުތުރުގެ ޕްރޮވިންސެއްކަމުގައިވާ ސަމަންގާގެ ކެޕިޓަލް ސިޓީ ކަމުގައިވާ އައިބާކް އެމީހުންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ މީޑިއާތަކަށް މައުލޫމާތު ދީފައެވެ.

އަދި ސަމަންގާންގެ ޑެޕިއުޓީ ޕްރޮވިންޝަލް ގަވަރުނަރު ވަނީ މިކަން އޭއެފްޕީ ނިއުސް އެޖެންސީއަށް ކަށަވަރު ކޮށްދީފައެވެ.

"އެމީހުންވަނީ ފުރިހަމަ ކޮންޓްރޯލް ނަގާފަ،" އައިބާކު ސިޓީގެ ހުރިހާ ސަރުކާރު އިމާރާތަކާއި އަދި ފުލުހުންގެ ހުރިހާތަނެއްވެސް މުޅިން ސާފުކޮށް ނިންމާލެވިފައިވާކަން ހާމަކޮށް ތާލިބާން ހަގުރާމަވެރިންގެ ތަރުޖަމާ ޓުވީޓް ކުރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޑެޕިއުޓީ ޕްރޮވިންޝަލް ގަވަރުނަރު ވިދާޅުވެފައި ވެއެވެ.

ސަމަންގަންއަކީ ފާއިތުވެދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އަފްއާނިސްތާންގެ އުތުރުން ތާލިބާނުންގެ ބާރުގެ ދަށަށްދިޔަ 5ވަނަ ޕްރޮވިންސެވެ. އަދި ހަފްތާއެއްގެ ތެރޭގައި އެމީހުން ހިފާފައިވާ 6ވަނަ ޕްރޮވިންސްވެސްމެއެވެ.

މިހާތަނަށް ތާލިބާނުން ހިފާފައިވާ ޕްރޮވިންސްތައް ކަމުގައިވާ ޖޯވްޒްޖާން އާއި ކުންޑުޒްއާއި އަދި ސާރ-އީ-ޕޯލް އާއި ޚިލާފަށް ސަމަންގަން ބެލެވިފައިވަނީ ތާލިބާނުން އެންމެ މަދުން އުޅޭ، އަދި އެންމެ ރައްކާތެރިކަމަށް ބެލެވެމުންއަައި އެއް ޕްރޮވިންސްގެ ގޮތުގައެވެ.

އެހެންނަމަވެސް ފަހަކަށް ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ޕްރޮވިންސްގައި ތާލިބާނުންގެ ހަރަކާތްތައްވަނީ އިތުރުވާން ފަށާފައެވެ.

ތާލިބާނުން ސަމަންގަން ހިފުމާއި ގުޅިގެން، މިހާރުވެސް ބާރު ބޮޑުވެފައިވާ ސަރުކާރުގެ އަސްކަރިއްޔާއަށް އިތުރު ގޮންޖެހުންތަކާ ކުރިމަތިވެގެން ދާނެއެވެ. ސަބަބަކީ، އަސްކަރިއްޔާގެ ކޮމާންޑޯއިންނާއި އަދި ބެކްއަޕް ފޯސްތައްވެސް މިހާރުވެސް ވަނީ ދެންހުރި ޕްރޮވިންސްތައް ސަލާމަތް ކުރުމަށްޓާކަ އެތަންތަނަށް ފޮނުވިފައި ކަމަށްވާތީއެވެ.

ހަމައެއާއެކީ، ކަންދަހާރު، ހެރާތު އަދި ލަޝްކަރޭ ގާހުގެ ރައްޔިތުން ބުނާ ގޮތުގައި މި ޕްރޮވިންސްތަކުގެ ވެރިކަންކުރާ ސިޓީތަކުގެ ވަށައިގެން މިހާރުވެސް ވަރުގަދައަށް ދަނީ ހަގުރާމަ ހިގަމުންނެވެ. މި ސިޓީތަކަކީ، މިސިޓީތައް ހިފުމަށް މަހަކަށްވުރެ ގިނަ ދުވަސްވަންދެން މިހާރުވެސް ތާލިބާނުން ހަގުރާމަ ކުރަމުންދާ ސިޓީތަކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލިފު ޙާ!
الحمدلله ربالعالمين امين!
ޢ ޢަބުދުﷲމާހިރު
އަލް ޙަމްދު ލިއްލާހި، ރައްބިލް ޢާލަމީން. އާމީން