ޖީންސީގޯނާއާ ދެކޮޅަށް ހިތްވަރެއް، ޖިންސީ ގޯނާކުރި ދޮންބައްޕައަކު 15 އަހަރަށް ޖަލަށް

ޖީންސީގޯނާއާ ދެކޮޅަށް ހިތްވަރެއް، ޖިންސީ ގޯނާކުރި ދޮންބައްޕައަކު 15 އަހަރަށް ޖަލަށް

Author
މުޙައްމަދު ޝަޒައިމް
26 އޮކްޓޯބަރ 2020 04:11
0

9 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ދޮން ބައްޕައަކު 15 އަހަރަށް ޖަލަށްލާން ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ދ. އަތޮޅުގެ ރަށެއްގައި ނުވަ އަހަރުގެ ކުއްޖަކަށް 2013 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން ޖިންސީ ގޯނާކުރި މައްސަލައިގައި އެ ކުއްޖާގެ ދޮންބައްޕަ އަށް ދައުވާ ކުރުމުން، އެ ރަށު މެޖިސްޓްރޭޓް ކޯޓުން 2018 ގައި ނިންމާފައި ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ. މިހުކުމާއިއެކު ޖިންސީ ގޯނާ ކުރާ ފަރާތްތަކަށް ދެވޭ އަދަބުތައް ތަންފީޒު ވެގެންދާނެކަމަށް ގިނަބަށް ވަނީ އުންމީދު ލިބިފައެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ދޮންބައްޕަ އެކި ފަހަރު މަތިން އެ ކުއްޖާ އަށް ޖިންސީ ގޯނާކުރި ކަމަށް އެ ކުއްޖާގެ މަންމަ އާއި ޖެންޑާ މިނިސްޓްރީގެ މުވައްޒަފުންނަށް ކިޔައިދީފައި ވާއިރު، އެ ކުއްޖާ އަށް ޖިިންސީ އަނިޔާތަކެއް ލިބިފައިވާ ކަމަށް އެ ކުއްޖާގެ މެޑިކޯ ލީގަލް ރިޕޯޓުން އެނގޭ ކަމަށް ހުކުމުގައި ވެ އެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމާއި ބުނެފައިވަނީ ދ.ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ޤަޟިއްޔާއިން ކޮށްފައިވާ ހުކުމް ބާތިލް ހުކުމެއްގެ ގޮތުގައި ކަނޑައަޅައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެމާއްދާގެ (ށ) ގެ ދަށުން ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރި ދޮންބައްޕަ ގެ މައްޗަށް އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށް ސާބިތުވެފައިވާކަމަށެވެ.

ހުކުމުގައިވާ ގޮތުން، އެފަދަ މައްސަލަތައް މައިގަނޑު ގޮތެއްގައި ބިނާވާނީ އަނިޔާ ލިބޭ ކުއްޖާ ބުނާ ބުނުމުގެ މައްޗަށް ކަމަށް ވާއިރު، ދޮންބައްޕަގެ ބެލުމުގެ ދަށުގައި ހުރެ އޭނާއާ ބެހޭގޮތުން އެފަދަ ދޮގު ވާހަކައެއް އެ ކުއްޖާ ހަދަހަދައިގެން ދައްކަފާނެ ކަމަށް ބެލެވޭ ސަބަބުތަކެއް ފެންނާކަށް ނެތެވެ.

ޕްރޮސިކިއުޓަޖެނެރަލް ކޮށްފައިވާ ދަޢުވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަށް ޢަމަލުކުރުމުގެ ޤާނޫނުގެ ދަށުން ފަނަރަ އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް، ވަނީ ހުކުމްކޮށްފައެވެ.

 

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.