ހިޖުރީ އާ އަހަރަކާ ކުރިމަތިލާއިރު، ޢަޒުމް ކަނޑައަޅަންވީ، އިސްލާމީ އުންމަތަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއި ނުރައްކާތަކުން ސަލާމަތްވާނެ ގޮތްތައް ހޯދައި ފިޔަވަޅު އެޅުންކަމަށް ބުނެ، ރައީސް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އިން އައު އަހަރުގެ ތަހުނިޔާ ފޮނުވައިފިއެވެ.
ހިޖުރީ އައު އަހަރުގެ ތަހުނިޔާ ފޮނުވަމުން ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމް އިން ވަނީ، މި ފެށުނު 1443 ވަނަ ހިޖުރީ އާ އަހަރުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައްޔިތުންނާއި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، މުޅި އިސްލާމީ އުންމަތަށް މިމުނާސަބަތުގެ ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް ފޮނުއްވާފައެވެ.
އެމްއާރުއެމް އިންނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްލާމްދީނަކީ އެކުވެރިކަމަށާއި އިންސާނީ ކަރާމާތަށް ގޮވާލާ ދީނަކަށް ވުމާއެކު، އެހެން މީހުންގެ ޙައްޤުތަކަށް ރައްކާތެރިވުމަށާއި، އެ ކަންކަމަށް އިޙްތިރާމްކުރުމުގެ ޢަޒުމް ވަރުގަދަ ކުރުމަކީ ކޮންމެ މުސްލިމަކުވެސް ކުރަން ޖެހޭނެ ކަމެއްކަމަށެވެ. އެގޮތުން، ކީރިތި ރަސޫލާ މައްކާ ދޫކުރައްވައި މަދީނާއަށް ކުރެއްވި ހިޖުރައިގެ މަތިވެރި ޙާދިޘާއިން ޢިބްރަތް ލިބިގަނެ، އިސްލާމީ އުޚުއްވަތްތެރި ކަމުގެ ރިވެތި ނަމޫނާ ދެއްކުމަކީ އަޅުގަނޑުމެން ކޮންމެ މުސްލިމަކުވެސް ކުރަން ޖެހޭނެކަމެއްކަމަށް އެމްއާއރުއެމްގެ ބަޔާނުގައިވެއެވެ. ހަމައެހެންމެ، ހިޖުރީ އާ އަހަރަކާ ކުރިމަތިލާއިރު، އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންވީ، އިސްލާމީ އުންމަތަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއި ނުރައްކާތަކުން ސަލާމަތްވާނެ ގޮތްތައް ހޯދައި ފިޔަވަޅުތައް އެޅުންކަމަށާއި، އެގޮތުން، އިސްލާމް ދީނަކީ ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިޔުމާއި މިފަދަ އަނިޔާވެރި އެންމެހައި ކަންތައްތަކަށް ނޫނެކޭ ބުނާ ދީންކަމާއި، އަޅުގަނޑުމެން ދުނިޔެ އަށް ދައްކައިދޭން ޖެހެނީ އިސްލާމް ދީނަކީ ރަހުމާއި އޯގާވެރިކަމުގެ ދީންކަމާއި، އަދި ހިދާޔަތާއި ތެދުމަގުގެ ދީންކަމަށްވެސް އެމްއާރުއެމް އިން ބުނެފައިވެއެވެ.
ހަމައެހެންމެ، ހިޖުރީ އާ އަހަރަކާ ކުރިމަތިލާއިރު، އަޅުގަނޑުމެން ޢަޒުމް ކަނޑައަޅަންވީ، އިސްލާމީ އުންމަތަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއި ނުރައްކާތަކުން ސަލާމަތްވާނެ ގޮތްތައް ހޯދައި ފިޔަވަޅުތައް އެޅުމެވެ. އެގޮތުން، އިސްލާމް ދީނަކީ ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިޔުމާއި މިފަދަ އަނިޔާވެރި އެންމެހައި ކަންތައްތަކަށް ނޫނެކޭ ބުނާ ދީންކަމާއި، އަޅުގަނޑުމެން ދުނިޔެ އަށް ދައްކައިދޭން ޖެހެނީ އިސްލާމް ދީނަކީ ރަހުމާއި އޯގާވެރިކަމުގެ ދީންކަމާއި، އަދި ހިދާޔަތާއި ތެދުމަގުގެ ދީންކަމެވެ.
– މޯލްޑިވްސް ރިފޯމް މޫވްމަންޓް
އެމްއާރުއެމްގެ ބަޔާނުގައި ހިޖުރީ އާ އަހަރާ އަޅުގަނޑުމެން ބައްދަލު ކުރާއިރު، ނުރައްކާތެރި ބައްޔެއް ކަމުގައިވާ ކޯވިޑް-19 ވަނީ މުޅި ދުނިޔޭގައި ފެތުރިފައިވާކަން ފާހަގަކުރައްވާ، ދިވެހިރާއްޖެ ވެސް މިވަނީ މި ވަބާ ތަޙަންމުލް ކުރަން ޖެހިފައިވާކަމަށް ބުނެފައިވެއެވެ. އަދި މިނުރައްކާ ބަލިން ދިވެހި އުންމަތާއި އިންސާނިއްޔަތު ސަލާމަތް ކުރެއްވުމަށް އެދި ދުޢާކޮށްފައިވެއެވެ.
މި ފެށުނު 1443 ވަނަ އަހަރަކީ، ދިވެހިރާއްޖެއަށާއި، ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނަށާއި އުޚްތުންނަށް، ބާއްޖަވެރި އުފާވެރި އަހަރެއް ކަމުގައި ލައްވައި، އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި ސާބިތުކަމާއެކު ދެމިތިބުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް މިންވަރު ކުރެއްވުމެވެ. އަދި އަޅުގަނޑުމެންގެ މެދުގައި އެއްބަނޑުއެއްބަފާ ކަމާއި އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމެވެ.
– މޯލްޑިވްސް ރިފޯމް މޫވްމަންޓް
ކޮމެންޓު ފޮނުވާ