ސްޓެލްކޯއާއި އެމްޑަބްލިޔުއެސްސީން ބަންދުކޮށްފައިވާ މާލޭގެ ބައެއް މަގުތަށް ޢާއްމުންނަށް ހުޅުވާލުމަށް މާލޭ ސިޓީ ކައުންސިލުން އެ ދެކުންފުންޏަށް އަންގައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ އިއްޔެ އެ ދެކުންފުންޏަށް ފޮނުވި ސިޓީ އަކުން މިކަން އަންގާފައިވާ ކަމަށެވެ. ސިޓީ ކައުންސިލުން ބުނީ އެ ދެކުންފުނީގެ ބޭނުމަށް މާލޭގެ އެކި ސަރަޙައްދުތަކުން ބަންދުކޮށްފައިވާ މަގުތަކުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫތަކާއި ކުރިމަތިވާކަމަށެވެ.
ސިޓީ ކައުންސިލުން ފާހަގަކުރާގޮތުގައި ސްޓެލްކޯއިން، ކުޑަކުދިންގެ ބަގީޗާ ކޮއްޓާއި، ސްޓެލްކޯ އޮފީސްއިމާރާތާއި ދޭތެރޭ އޮންނަ ކަށިމާ ހިނގުން (ބްލޮކް ނަމްބަރ 349) އާއި ސްޓެލްކޯ ޕަވަރ ހައުސް ކޮއްޓާއި ކުޑަކުދިންގެ ބަގީޗާ އާއި ދޭތެރޭ ހުޅަނގުން އިރަށް އޮންނަ ފެންމީރު ހިނގުން (ބްލޮކް ނަމްބަރ 348.347) ޢާއްމުންނަށް ނުހިނގޭ ފަދަ ގޮތަކަށް ބަންދުކޮށްފައި ވާކަމަށެވެ.
އަދި އެމްޑަބްލިޔުއެސްސީން ފެންބިލްޑިންގ ހިމެނޭ ކޮއްޓާއި އާ ސަހަރާ ކޮއްޓާއި ދޭތެރޭ އޮންނަ ނިކަގަސް ހިނގުމާއި ފަޅުމަތީމަގު (ބްލޮކް ނަމްބަރ 380,377,376 ) ވަނީ ބަންދުކޮށްފައެވެ. އަދި މިމަގުތަށް އާންމުންނަށް ނުހިގޭގޮތައް ބަންދުކޮށްފައި އޮތުމުގެ ޝަކުވާތަށް ކައުންސިލަށް ލިބެމުންދާ ކަމަށެވެ.
މާލޭގެ ބައެއް މަގުތަކާއި ގޯޅިތައް ޢާއްމުންނަށް ބޭނުންނުކުރެވޭ ގޮތަށް ބަންދުކޮށްފައިވާތީ ދިމާވާ ދަތި އުނދަގޫތަކުގެ ޝަކުވާ ކައުންސިލަށް ލިބެމުންދާތީ، އެ މަގުތަކާއި ގޯޅިތައް ހުޅުވުމަށް ސްޓެލްކޯއާއި އެމް.ޑަބްލިޔު.އެސް.ސީ އަށް މިއަދުން ފެށިގެން 1 މަސް ދުވަހުގެ މުއްދަތެއްވަނީ ދެވިފައި. pic.twitter.com/oIB5HOb3Y5
— Dr Mohamed Muizzu (@MMuizzu) August 8, 2021
ސިޓީ ކައުންސިލުން ފާހަގަކުރާގޮތުގައި މިގޮތަށް ހުންނަ މަގުތައް ބަންދުކުރުމަކީ ރައްޔިތުންނަށް އެކަމުގެ ތަކްލީފްތައް ނުހަނުބޮޑަށް ލިބެމުންދާކަމެކެވެ. މި މަގުތައް ހުޅުވާލުމަށް ސިޓީ ކައުންސިލުން ދީފައިވަނީ އިއްޔެއިން ފެށިގެން އެއް މަސްދުވަހުގެ މުއްދަތެވެ.
ސިޓީ އާއި ސިޓީގައި ހިމެނޭ އަވަށް އަވަށުގެ މަގާއި ޕާކުތަކާއި މައިޒާންފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީ ގޮތުން ހުޅުވާޅުމާއި ބަންދުކުރުމަކީ ލާމަރުކަޒީ ޤާނޫނުން ސިޓީ ކައުންސިލަށް ލިބިދޭ ބާރެއްކަންވެސް ސިޓީ ކައުންސިލުން ފާހަގަކުރެއެވެ.