ފިއްލަދޫގައި ރައީސް ޔާމީންގެ ސަރުކާރުން އަޅާފައިވާ ފުޓްސަ ދަނޑު ވީރާނާވެ، ޒުވާނުންނަށް ކުޅެވޭނެ ގޮތެއް ނެތިފައި އޮތުމަކީ، ފިއްލަދޫ ޒުވާނުންނަށް ހައްޤު މިންވަރު ނޫންކަމަށް ޕީއެންސީގެ ނާއިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަންގެ މައި ޕާޓީ، ޕީޕީއެމްއަށް މެންބަރުން އިތުރު ކުރުމަށާއި ޕީޕީއެމްގެ ރިޔާސީ މެނިފެސްޓޯ އެކުލަވާލަން ޚިޔާލު ހޯދަން އަތޮޅުތަކުގެ ރަށްރަށަށް ކުރާ ދަތުރުތަކުގެ ތެރެއިން ފުރަތަމަ މަންޒިލަށް ކުރި ދަތުރުގައި ފިއްލަދޫ ފުޓްސަލް ދަނޑުގެ ހާލަތު ސަރުކާރަށް ދައްކައިދީ، ސަރުކާރުގެ ސަމާލުކަމަށް ގެނެސްފިއެވެ.
ފިއްލަދޫއަށް ކުރި ދަތުރުގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރުކަންވެސް ކުރައްވާ ޝުޖާވަނީ އެދަނޑުގެ މިއަދުގެ ހާލަތު ވީޑިއޯ ކުރައްވައި، މިނިސްޓަރ މަހުލޫފްގެ ސަމާލުކަމަށްވެސް ގެނެސްފައެވެ. ޝުޖާ ވިދާޅުވީ މިއީ ފިއްލަދޫ ޒުވާނުންނަށް ހައްގުވާ މިންވަރުކަމަށެވެ. މިފަދަ ހިތްދަތި މަންޒަރުތައް ފެނުމުން ހިތްދަތި އިހުސާސްތައް ކުރެވޭކަމަށާއި، މިކަން ވީހާވެސް އަވަހަށް ހައްލު ކޮށް ދިނުމަކީ ނުހަނު އެދޭކަމެއްކަމަށް ޝުޖާ ވިދާޅުވިއެވެ.
އިއްޒަތްތެރި ވަޒީރު އަހުމަދު މަހުލޫފް. މިއީ ހއ.ފިއްލަދޫގެ ޒުވާނުންނަށް ރައީސް ޔާމީން ބިނާކޮށްދެއްވި ފުޓްސަލް ދަނޑުގެ އަދުގެ ހާލަތު. މިދަނޑުގެ މަރާމާތައް އެތައްފަހަރަކު އެދިފައިވޭ. މިއީ ފިއްލަދޫ ޒުވާނުންނަށް ޚައްޤު މިންވަރެއް ނޫން! އަދި ކޯރެއްގެ ކޯވަރެއްވެސް ނުމެ ނޫން މެއެވެ. މިމަންޒަރުތައް އަޅުގަނޑުމެންގެ ލޮލަށް ފެނުމުން ވަރަށް އަސަރު ކުރެއެވެ. ވަޒީރު މިކަން ހައްލު ކޮށްލަ ދެއްވުން އެދެމެވެ. ޚައްޤު މިންވަރު ނުލިބި އެތައް ރައްޔިތެއް ދިރިއުޅެމުން އެބަ ދެއެވެ.
– ޝުޖާ ވިދާޅުވިއެވެ.
އިއްޒަތްތެރި ވަޒީރު @AhmedMahloof.މިއީ ހއ.ފިއްލަދޫގެ ޒުވާނުންނަށް ރައީސް ޔާމީން ބިނާކޮށްދެއްވި ފުޓްސަލް ދަނޑުގެ އަދުގެ ހާލަތު.މިދަނޑުގެ މަރާމާތައް އެތައްފަހަރަކު އެދިފައިވޭ.މިއީ ފިއްލަދޫ ޒުވާނުންނަށް ޚައްޤު މިންވަރެއް ނޫން!އަދި ކޯރެއްގެ ކޯވަރެއްވެސް ނުމެ ނޫން މެއެވެ.#ދެރަވަރު pic.twitter.com/f0Gu4eK2rg
— Ibrahim Shujau (@IbrahimShujaau) August 8, 2021
ފިއްލަދުއަކީ ފުޓްސަލްއާއި، ފުޓުބޯޅައަށް ބޮޑު ތަރުހީބެއް އޮންނަ ރަށެކެވެ. މި ފުޓްސަލް ދަނޑަކީ މީގެ ކުރިން ބޮޑެތި ފުޓްސަލް މުބާރާތްތައް ބާއްވާފައިވާ، އެތައް ޒުވާނުނަށް ހިތްހަމަ ޖެއްސުން ގެނެސްދިން ދަނޑެކެވެ. މިއަދުވެސް ފިއްލަދޫގެ ޒުވާނުން އެދެމުންދަނީ އެރަށުގައި ފުޓްސަލް ކުޅެވޭނެ ގޮތެއް ވީހާވެސް އަވަހަށް ހޯދައި ދިނުމެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހއ.ގެ ރަށްތަކަށް ކުރަމުންދާ ދަތުރުތަކުގައު އެރަށްތަކުގައި ހުރި މައްސަލަތަކާއި، ހުރި ދަތިތައް ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާތަކަށް ދަނީ ހިއްސާ ކުރަމުންނެވެ. އަދި މިކަންކަމަށް އަވަސް ހައްލެއް ހޯދައި ދިނުމަށް ދަނީ ގޮވާލަމުންނެވެ.