ސޭފްޓީ ދަލަކާއި މާކަރީ ލައިޓެއް ވަގަށް ނެގި ދެމީހަކު ހޯދަނީ

ސޭފްޓީ ދަލަކާއި މާކަރީ ލައިޓެއް ވަގަށް ނެގި ދެމީހަކު ހޯދަނީ

ގުޅުންހުރި

ސޭފްޓީ ދަލަކާއި މާކަރީ ލައިޓެއް ވަގަށް ނެގި މައްސަލައަކާ ގުޅިގެން ދެމީހަކު ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން ވީޑިއޯއާއިއެކު ހޯދަން އިއުލާން ކޮށްފައިވާ ދެމީހުންނަކީ 2021 ފެބްރުއަރީ 20 ވަނަ ދުވަހުގެ 12:15 އެހާކަންހާއިރު މ. ނައިންހައުސް ގެއިން ސޭފްޓީ ދަލާއި މާކަރީ ލައިޓެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހުންކަމަށް ވަނީ ބުނެފައެވެ.

މިދެމީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 479616 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުމަށް ވަނީ އެދިފައެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ