އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހއ.އަތޮޅުގެ ރަށްތަކަށް މިހާރު ކުރަމުންދާ ދަތުރުގައި، އެޕާޓީއާއި، ވެރިކަން ކުރާ އެމްޑީޕީއާއި، އާންމު ގިނަ މެމްބަރުން ގުޅެމުން ދާކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މިހާރު ކުރާ ދަތުރުގައި ހއ.ގެ ގިނަ ރަށްތަކަށް ދަނީ ޒިޔާރަތްކޮށް މެމްބަރުންނާއި ބައްދަލު ކުރަމުންނެވެ. ޕީއެންސީގެ ނައިބް ރައީސް އިބްރާހީމް ޝުޖާ ވިދާޅުވީ، މިދަތުރަކީ، ކުރިއަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޕީޕީއެމް، ޕީއެންސީން އެކުލަވާލާ ރައީސް ޔާމީންގެ މެނިފެސްޓޯ އެކުލާލުމަށާއި، ޕާޓީއަށް މެމްބަރުން އިތުރު ކުރުމަށާއި، މެމްބަރުންގެ އަޑު ގާތުން އެހުމަށް ރޭވިފައިވާ ދަތުރުތަކެއްކަމަށެވެ.
PPM ah memberun ithuru kurumah fashaafaivaa #MavesPPM harakaai HA. Atoll gai kuriah dhany.#FreePresidentYameen pic.twitter.com/otwZB2nrUq
— Progressive Party of Maldives (@ProgressPartyMV) August 7, 2021
ކޯވިޑް-19ގައި ދީފައިވާ ލުއިތަކާއިއެކު އަތޮޅު ތެރޭގެ ރަށްތަކަށް ފެށުމަށް ހަމަޖެހިފައިވާ ދަތުރުތަކުގައި އެންމެ ފުރަތަމަ ދިއުމަށް ހަމަޖެހިފައިވަނީ ހއ.އަތޮޅުގެ ރަށްތަކަށެވެ. ހއ.ގެ 14 ރަށަށް ކުރާ މިދަތުރުގައި ދެޓީމަކަށް ބަހާލައިގެން ދަތުރު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެއްޓީމުގައި އިސްކޮށް ހަރަކާތްތެރިވާނީ ޕީޕީއެމްގެ ނާއިބް ރައީސް އަދި ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫނެވެ. އަނެއް ޓީމުގައި އިސްކޮސް ބައިވެރިވަނީ ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި ޕީއެންސީގެ ނާއިބް ރައީސް މުހައްމަދު ސައީދު އެވެ.
ހދ.ހަނިމާދޫ،ޑޯންޝައިން އަޙްމަދު ޢަޒުމީ ދާދި ދެންމެ @MDPSecretariat އިން ވަކިވެ @ProgressPartyMV އާއި ގުޅިވަޑައިގެންފި.ވަރަށް ބޮޑަށް ޢަޒުމީ އަށް މަރުޚަބާ! @ProgressPartyMV އިން ޢަޒުމީ މާޔޫސްވާނެ އެއްވެސް ކަމެއް ނުކުރާނެ.މިނިވަންކަން ގެއްލޭފަދަ އެއްވެސް ކަމެއް ނުކުރާނެ.#މަވެސްPPM pic.twitter.com/TR8xWsAQfC
— Ibrahim Shujau (@IbrahimShujaau) August 7, 2021
ޕީޕީއެމްގެ ލީޑަރޝީޕުން މިކުރާ ދަތުރުގައި ހއ. އަތޮޅުގެ ރަށްތަކަށް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 7 އިން 14 އަށެވެ. މިދަތުރަށްފަހު މިމަހުގެ ތެރޭގައި އައްޑޫ ސިޓީއަށް ދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މިދަތުރުތަކުގައި ކުރިއަށް އޮތް ދުވަސްތަކުގައި މުޅި ރާއްޖެ ކަވަރު ކުރެވޭނެހެން ދަތުރުތައް އިންތިޒާމު ކުރަމުންދާކަމަށް ޝުޖާ ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ