އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ 11 މެމްބަރުންގެ ސޮޔާއިއެކު މަޖިލީހަށް ވައްދައިފި

އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ 11 މެމްބަރުންގެ ސޮޔާއިއެކު މަޖިލީހަށް ވައްދައިފި

Author
މުޙައްމަދު ޝަޒައިމް
26 އޮކްޓޯބަރ 2020 02:09
0

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އިދިކޮޅު ޕީޕީއެމް ޕީއެންސީން މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ.

މަޖިލީހަށް މިއަދު މިމައްސަލަ ހުށަހެޅުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ މިމައްސަލަ ހުށަހަޅަންޖެހުނީ ޤާނޫނު އަސާސީއާއި ޤާނޫނާއި ޚިލާފަށް މިނިސްޓަރ އިމްރާން އެތައް ކަމެއް ކުރައްވާތީ މިނިސްޓަރުކަމުގެ މަޤާމުގައި ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ނުވާތީކަމަށެވެ. މިއަދު މަޖިލީހަށް މިމައްސަލަ ވައްދަފައިވަނީ 11 މެމްބަރުންގެ ސޮޔާއިކުގައެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދޭނީ 10 މެމްބަރުންގެ ސޮޔާއިއެކުގައެވެ. މަޖިލީހަށް އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅުން ވައްދާފައިވަނީ މިނިވަން ދެ މެމްބަރުންގެ ގޮތުގައި ތިއްބެވި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ނަސީމްއާއި، ވިލިމާލެ ދާއިރާގެ މެމްބަރުން އަހުމަދު އުޝާމްގެ ސޮޔާއިއެކު ގައެވެ.

އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ހުޅުމާލޭގައި ސަފާރިއެއްގައި ބިދޭސީ އަންހެންމީހަކަށް ޖިންސީ ގޯނާކުރިކަމަށް ބުނާ މައްސަލާގައި ހިނގާފައިވަނީ އާންމު ތަނެއްގައިވެސް މީހަކު ކޮށްފާނެފަދަ ކުޑަ ކަމެއްކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ދެއްކެވި ވާހަކަތާއި ގުޅިގެންނެވެ. އަދި މޭޑޭގެ މުޒާހަރާގައި ރިޟުވާންގެ މަރާއި ގުޅޭގޮތުން އިމްރާން ދެއްކި ވާހަތަކާއި ގުޅިންނެވެ.

ސޯޝަލް މީޑިޔާގައި މިދެމައްސަލާގައި އިމްރާންނަށް ފާޑުކިޔައި ގިނަބަޔަކު ދަނީ އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ. އިމްރާން ވަނީ ރޭޕް މައްސަލާގައި ރާއްޖޭގެ މީޑިޔާތައް ވަރަށްބޮޑަށް ކުށްވެރިކޮށް، ގޯސް ވާހަކަތަކެއް ދެކެވިފައިވާނަމަ ރައްޔިތުންގެ ކިބައިން މަޢާފަށް އެދޭކަމަށް ވަނީ ވިދާޅުވެފައެވެ. އިމްރާން ރޭ ދެއްކި ވާހަތަކާއި ގުޅިގެން އެ މައްސަލަ ބެލުމަށް މަޖިލީހަށްވެސް ވަނީ ހުށަހަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.