އޭސީސީ މެމްބަރުން ވަކިކުރަމަށް ތަޅުމަށް ފޮނުވަން ފާހެއްނުވި

އޭސީސީ މެމްބަރުން ވަކިކުރަމަށް ތަޅުމަށް ފޮނުވަން ފާހެއްނުވި

Author
މުޙައްމަދު ޝަޒައިމް
26 އޮކްޓޯބަރ 2020 01:55
0

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީއަށް ހުށަހެޅިފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އޭސީސީގެ މެބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން، ފާހެއްނެވިއެވެ.

އޭސީސީގެ މެމްބަރުން ވަކިކުރަން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުގެ ބަދަލުގައި ކޮމިޓީން މިއަދު ފާސްކުރީ އޭސީސީގެ މެމްބަރުން ވަކިވަކިން ކޮމިޓީއަށް ހާރިޒުކޮށް، ގޮންޖެހުންތައް އޮޅުން ފިލުވުމަށެވެ. އެގޮތަށް ހުށަހެޅުއްވީ އަނދުން ހުސައިން އެވެ.

ކޯވީޑް-19އާއި ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ގެނައުމަށް ދުބާއީގެ ކުންފުންޏަކާ ހަވާލުކުރުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތުކޮށް 11 މީހެއްގެ މައްޗަށް ދައުވާކުރުމަށް އޭސީސީން ޕީޖީއަށް ދައުވާކުރަން ފޮނުވި މައްސަލާގައި ދައުވާ ނުކުރުމަށް ޕީޖީން ނިންމެވުމުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެކަމާއި ނުރުހުން ފާޅުކުރައްވާފައެވެ. އޭސީސީގެ މެމްބަރުންގެ އިތުބާރު ނެތްކަމުގެ މައްސަލަ ކޮމިޓީއަށް ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު އެވެ.

ބޮޑެތި ޢަދަދުތަކުން ދައުލަތަށް ފައިސާ ގެއްލިފައިވާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތައް އޭސީސީގައި ފުނިޖެހިފައިވާއިރުވެސް އެމައްސަލަތައް ތަޙްގީގްކުރުމަށް އޭސީސީ ނުކުޅެދިފައިވާކަމަށް މަޖިލިސް މެންބަރުން ގެންދަވަނީ ތުހުމަތުކުރައްވަމުންނެވެ. އެމައްސަލަ ތަހްގީގުކުރުމުގައި ލަސްތަކެއް ވަމުންދާކަންވެސް މެންބަރުން ފާހަގަކުރައްވައެވެ. އެހެންކަމުން އޭސީސީގެ މެންބަރުންގެ އިސްތިއުފާއަށް މަޖިލީހުގައި ޖަލްސާގައި މެންބަރުން ގޮވާލައްވަމުން ގެންގޮސްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.