ދީޕިކާގެ އަގުބޮޑުކަމުން "ބައިޖޫ ބާވްރާ" އިން ފުރުސަތު ނުލިބުނު!

ދީޕިކާގެ އަގުބޮޑުކަމުން "ބައިޖޫ ބާވްރާ" އިން ފުރުސަތު ނުލިބުނު!

ސަންޖޭ ލީލާ ބަންސާލީ ގެ ފިލްމް "ބައިޖޫ ބާވްރާ"އަށް ރަންވީރު ސިންގް ސޮއިކޮށްފައިވަނީ ދާދި މިދާކަށްދުވަހުއެވެ. މީގެކުރިން ޚަބަރުތަށް ބުނިގޮތުގައި މި ފިލްމްގެ ލީޑް ރޯލުން ފެނިގެން ދާނީ ރަންބީރް ކަޕޫރެއެވެ. އަދި ހަމަ އެހެންމެ މި ފިލްމަށް ކާތިކް އާރިއާން ސޮއިކުރިކަމަށް ޚަބަރު ފެތުރެމުންދަނިކޮށް ސަންޖޭ ވަނީ ފިލްމަށް ރަންވީރް ނެގިކަން އިއުލާން ކޮށްފައެވެ.

މީގެ ކުރިން ސަންޖޭ މަގުބޫލު ފިލްމް ތަކުގެ ތެރޭގައި ހިމެނޭ "ރާމްލީލާ"، "ބާޖިރާއޯ މަސްތާނީ" އަދި "ޕަދްމަވަތު" އިން ފެނިގެން ގޮސްފައިވަނީ ރަންވީރާއި ދީޕިކާ ޕަޑްކޯން އެވެ.

ނަމަވެސް ސަންޖޭގެ 4 ވަަނަ ފިލްމަކުން މިދެމަފިރިން ފެންނާނެކަމަށް ހީކޮށްގެންތިބި މީހުންނަށް އެފިލްމަކީ "ބައިޖޫ ބާވްރާ" ނޫންކަން މިހާރު ކަށަވަރު ވެފައިވާކަމަށް ބޮލީވުޑްގެ ޚަބަރުތަށް ގެނެސްދޭ ނޫސްތަކުން ދަނީ ބުނަމުންނެވެ. ސަބަބަކީ މި ފިލްމަށް ދީޕިކާ އޭނާގެ ފިރިމީހާއަށް ފިލްމުން ލިބޭވަރުގެ އަގެއް ކިޔާތީއެވެ

"ދީޕިކާ ބޭނުންވަނީ މިފިލްމްގެ ލީޑުން ފެނިގެންދާ ރަންވީރާއި އެއްވަރުގެ މުސާރައެއް. އެއަށް ވުރެ އެންމެ ރުފިޔާއެއް ވެސް މަދުން އޭނާ ބޭނުންނުވޭ"

– ބޮލީވުޑް ހަންގާމާ

ދީޕިކާ އެވަރުގެ މުސާރައެއް ބޭނުން ނަމަވެސް ސަންޖޭ އެ އަދަދު ދޭން އެއްބަސް ނުވާ ކަމަށާއި މިހާރު ލީޑަށް އެހެން ތަރިއެއް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ރިޕޯޓްތަށް ބުނެއެވެ.

ފަހަކަށް އައިސް ބޮލީވުޑްގެ ގިނަ ތަރިން އަންނަނީ އެމީހުން ފިލްމް ކުޅެދޭއަގު ބޮޑުކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *