ކޯވިޑު -19 އިން ރައްކާތެރިވުމަށް، އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ވެކްސިނަށް ޝަރުޠު ފުރިހަމަވާ ހުރިހާ ފަރާތްތަކުން ވެކްސިން ޖެހުމަށް އެޗްޕީއޭއިން އަންގައިފިއެވެ.
އެޗްޕީއޭއިން ދެންމެ ނުރުނު ބަޔާނުގައި ބުނެފައިވަނީ ވެކްސިން ޖެހުމަށް ޝަރުތު ހަމަވާފަރާތްތަކުން ވެކްސިން ފުރިހަމަކުރުމަށް ބާރު އެޅުމަށްޓަކައި 2021 ސެޕްޓެމްބަރު 1 ވަނަ ދުވަހުން ފެށިގެން ވެކްސިން ޖެހުމަށް ޝަރުޠުހަމަވެ، ވެކްސިންގެ އެއްވެސް ޑޯޒްއެއް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކާމެދު، ވަކިގޮތެއް އަންގަންދެން، އަންނަނި ގޮތަށް އަމަލުކުރެވޭނެ ކަމުގައެވެ.
1. ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ހޯދުމުގައި ވަކި ކަންކަމެއް ޝަރުތުކުރުން
2. ޖިމްތަކާއި، ސެލޫންތަކާއި، ސިނަމާތަކުން ޚިދުމަތް ހޯދުމުގައި ވަކި ކަންކަމެއް ޝަރުތުކުރުން
3. ޕަބްލިކް ޓްރާންސްޕޯޓާއި ޑޮމެސްޓިކް ފުލައިޓް ތަކުން ދަތުރު ކުރުމުގައި ވަކި ކަންކަމެއް ޝަރުތުކުރުން
4. ރައްޔިތުންނާ ގާތުން ދ ންޖެހ އާންމު ޚިދުމަތްތައް ދ ފަރާތްތަކަށް (ޓެކްސީ ޑްރައިވަރުން، ވެއިޓަރުން، ޖިމްތަކާ ސެލޫންތަކުގައި މަސައްކަތްކުރާ ފަރާތްތައް ފަދަ) ވަކި ކަންކަމެއް ޝަރުތުކުރުން.
5. އޮފީސްތަކުގައި ވަޒީފާ އަދާކުރާ ފަރާތްތަކުން އޮފީހަށް ޙާޟިރުވުމުގައި ވަކި ކަންކަމެއް ޝަރުތުކުރުން
އެޗްޕީއޭއިން ބުނެފައިވަނީ މިކަންކަ މާމެދު ކަމާގުޅޭ މުއައްސަސާތަކުން ޝަރުތުތަކާއި ފިޔަވަޅުތައް ކަނޑައަޅައި 1 ސެޕްޓެމްބަރު 2021 އިން ފެށިގެން އަމަލުކުރުމަށް އެފަރާތްތަކަށް އަންގާފައިވާކަމުގައެވެ.
ރާއްޖޭގައި ކޯވިޑްގެ ހާލަތު ނިއު ނޯމަލް ހާލަތަކަށް ގެނެވިފައިވާކަމަށާއި މިހާރު އެންމެ މުހިއްމީ ވެކްސިންޖެހޭ އާބާދީއަށް ވެކްސިންޖެހުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. އަދި ކޮވިޑްގެ ޙާލަތު ނިއު ނޯމަލް ހާލަތަށް ބަދަލުވެފައިވާކަން ފާހަަގަކުރައްވައި މިހާރު އެންމެ މުހިންމީ ވެކްސިންޖެހޭ އާބާދީގެ ހުރިހާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުންކަމަށް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހުރިއްޔާ ވަނީ ވެކްސިން ޖެހޭ އާބާދީގެ ހުރިހާ ފަރާތްތަކުން ވެކްސިންޖަހައި ނިންމުމަށް ބާރުއަޅައި ސަރުކާރުގެ ވުޒާރާތަކާއި އެކި އިދާރާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތަކުންވެސް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.
އަހަރުގެ މިނިވަން ދުވަހުގެ މުނާޞަބަތުގައި ޤައުމާ މުޚާޠަބުކުރައްވާ ރައީސުލްޖުމްހޫރިއްޔާ ދެއްވި ޚިޠާބުގައިވަނީ މިމަހުގެ ނިޔަލަށް ރާއްޖޭގެ އެންމެންނަށް ކޯވިޑް-19 އިން ދިފާޢުވުމަށް ވެކްސިން ޖަހާ ނިންމުމަކީ އަމާޒެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ ވެކްސިން ޖަހާ އުމުރުގެ %90 މީހުންނަށް އޮގަސްޓު މަހުގެ ނިޔަލަށް ވެކްސިން ޖެހުން ކަމަށެވެ. މި މަސައްކަތުގެ ދަށުން މިދިޔަ ހޮނިހިރު ދުވަހު ވަނީ ވެކްސިންގެ ބޮޑު ޕްރޮގްރާމެއް ފަށާފައެވެ.
ވެކްސިން ކެމްޕޭނަށް އެއްބާރުލުން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބާއި ވަޒީރުންނާއި ސިއްޙީ ދާއިރާގެ ބޭފުޅުންނާއި ދީނީ ޢިލްމުވެރިންނާއެކު ގިނަ ބަޔަކު އަންނަނީ އިލްތިމާސްކުރައްވަމުންނެވެ. ސަބަބަކީ ރާއްޖެއަކީ ވެކްސިންޖެހުމުގެ ޝަރުތު ހަމަވާ މުޅި އާބާދީއަށް ބޭނުންވާ ވެކްސިން ލިބުނު މަދު ޤައުމުތަކުގައި ހިމެނޭ ޤައުމަކަށްވެ މިބަލިމަޑުކަމުން އަރައިގަތުމަށް ކާމިޔާބުކަމާއެކު ވެކްސިން ފުރިހަމައަށް ދެވޭނެ މަދު ޤައުމުތަކުގެ ތެރޭގައިވުމުންނެވެ. އެހެންކަމުން ވިޔަފާރިތައް ހުޅުވާ އިޤްތިސާދީ ގޮތުން ޤައުމު ހިނގައިގަންނަން އުޅޭ މިދަނޑިވަޅުގައި އަދި އެތައް ދުވަހެއްވަންދެން ގޭގައި ބަންދުވެގެން ތިބުމަށްފަހު ބޭރަށް ނުކުމެ ރަށްރަށަށް ދަތުކުރުކުރުމަށް ލިބުނު މިލުއި މިގޮތުގައި ދެމެހެއްޓުމަށް ވެކްސިންއަށް ޝަރުތުހަމަވާ ހުރިހާ އެންމެން ވެކްސިން ފުރިހަމަ ކުރަންޖެހެއެވެ.
ވެކްސިން ޖެހުމަށް ދަތިވާނަމަ ވެކްސިން ސެންޓަރުތަކުގައި ޤާއިމުކުރެވިފައިވާ އަދި ސަލްޓަންޕާކު ސަރަޙައްދުގައި ހުރި ހެލްޕް ޑެސްކްތައް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަމަޖައްސާ ވެކްސިންޖެހުމަށް އެހީތެރިވުމުގެ ކަންކަންވެސް މިހާރުވަނީ ހަމަޖައްސާފައެވެ. އެހެންކަމުން ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަ ނުކުރާ ފަރާތްތަކާއި ވެކްސިންގެ ދެވަނަ ޑޯޒް ނުޖަހާ ފަރާތްތަކުން އަވަހަށް ވެކްސިން ޖެހުމަކީ މުހިއްމުކަމެކެވެ.
2 Responses
ހުރިހާ ރަަށެއްގެ މީހުން ދޭ ސަލްޓަންޕާރކަށް ވެކްސިން ޖެހޭނެ
ރއްޔިތުންނަށް ފިޔަވަޅު ނާޅާ . ޢެއަށްވުރެ މާތާހިރު ތިޔަ އެޗު.ޕީ.އޭ އާއި ހެލްތު މިނިސްޓރީ އާއި މިނިސްޓަށް ފިޔަވަޅު އަޅަށް މާ އަޢުލާކަން ބޮޑު. ތިމީހުންގެ އިޙުމާލުން ކިތައްމީހުން ދުނިޔެ ދޫކޮށް ހިނގައްޖެ. ތިއުޅެނީ އެނބިއުލާސް ހާހިސާބުވެސް ރަށަކަށް ނުފޮނުވިގެން. ބަލިމީހުން އުފުއްލަން ޖެހެނީ ގޯނީގަ އާއި ކޮތަޅަށް ލައިގެން.
ޢެވެސް ދައުލަތުގެ މުދާ އެހެންމަ ކީއްވާނީ ކަލޭގެ ކާރު އެ ހޮސްޕިޓަލަށް ދިނިއްޔާ.