ތަރައްޤީގެ ޕްލޭންއާއި، ލޭންޑްޔޫސް ޕްލޭން ހުށަހެޅުމަށް އޮތް ދަތިތަކަށް ހައްލުހޯދައިދެނީ

ތަރައްޤީގެ ޕްލޭންއާއި، ލޭންޑްޔޫސް ޕްލޭން ހުށަހެޅުމަށް އޮތް ދަތިތަކަށް ހައްލުހޯދައިދެނީ

Author
މުޙައްމަދު ޝަޒައިމް
07 އޮގަސްޓް 2021 03:37
0

ލާމަރުކަޒީ ޤާނޫނުގައި ބުނާގޮތުން ކައުންސިލަރުން އިންތިޚާބުވާތާ 3 މަސް ދުވަހުގެ ތެރޭގައި ހަދަންޖެހޭ ތަރައްޤީގެ ޕްލެއިންއާއި ލޭންޑްޔޫސް ޕްލެއިން އެކުލަވާލުމުގައި ކައުންސިލްތަކަށް ދިމާވެފައިވާ ދަތިތަކަށް ޤާނޫނީ ހައްލެއް ހޯދުމުގެ މަަސައްކަތް ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުޤައްރިރު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ އަލަށް އިންތިޚާބްވި ކައުންސިލްތަކުން 3 މަސް ތެރޭ ހުށަހަޅަންޖެހޭ ތަރައްޤީގެ ޕްލޭން އާ ލޭންޑްޔޫސް ޕްލޭން ޤާނޫނުގަވާމުއްދަތުގެ ތެރޭގައި ހުށައެޅުމަށް ދަތިވާކަމުގެ ކަންބޮޑުވުން އޮތްކަމަށް LGA އިން ފާހާގަކުރަމުންދާކަމަށެވެ. މިކަން ބޮޑުވުންތަކަށް ޤާނޫނީ ހައްލު ހޯދުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުންދާކަމަށް އަލީ ނިޔާޒު ވަނީ ވިދާޅުވެފައެވެ.

އަލަށް އިންތިޚާބްވި ކައުންސިލްތަކުން 3 މަސް ތެރޭ ހުށަހަޅަންޖެހޭ ތަރައްޤީގެ ޕްލޭން އާ ލޭންޑްޔޫސް ޕްލޭން ޤާނޫނުގަވާމުއްދަތުގެ ތެރޭގައި ހުށައެޅުމަށް ދަތިވާކަމުގެ ކަންބޮޑުވުން އޮތްކަމަށް LGA އިން ފާހާގަކުރެއެވެ. އެކަމަށް އޮތް ޤާނޫނީ ޙައްލު ޙޯދުމަށް މަސައްކަތްކުރަމުން އެބަގެންދަމެވެ.

– އަލީ ނިޔާޒު ވިދާޅުވިއެވެ.

ޤާނޫނުގައި ބުނާގޮތުން މިމަހުގެ 17 ގެ ކުރިން ކަންސިލްތަކުން ތަރައްޤީގެ ޕްލޭން އާ ލޭންޑްޔޫސް ޕްލޭން އެލްޖީއޭއަށް ހުށަހަޅަންޖެހެއެވެ. ނަމަވެސް މިކަން ކުރުމަށް ކައުންސިލްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެގެން ގޮސްފައެވެ. އެންމެ ބޮޑު ގޮންޖެހުނަކީ ކޯވިޑް-19 އާއި ގުޅިގެން ރައްޔިތުންނާއި ބައްދަލުވެ މަޝްވަރާ ކުުރުމަށް އޮތް ހުރަހެވެ. މީގެ އިތުރުންވެސް އިދާރީ ގޮތުން ހުރި ބައެއް ދަތިތައްވެސް ބައެއް ކައުންސިލުން ދަނީ ފާހަގަކުރަމުންވެެ.

ނަމަވެސް ގިނަ ކައުންސިލްތަކުން ދަނީ ޤާނޫނުގައި ބުނާ މުއްދަތުގައި ތަރައްޤީގެ ޕްލޭން އާ ލޭންޑްޔޫސް ޕްލޭން ހުށަހެޅުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިމުއްދަތަކީ އެބޭފުޅުންނަށްވެސް އެންމެ އެކަށީގެންވާ މުއްދަތެއް ނޫންކަމަށް ދަނީ ބުނަމުންނެވެ.

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އަލަށް އިންތިޚާބުވި މެންބަރުން ހުވާކޮށް މަޤާމުގެ މަސްޢޫލިއްޔަތުތަކާއި މިއަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހުއެވެ.

އަލަށް އިންތިޚާބުވި ކައުންސިލަރުން މަގާމާ ހަވާލުވެފައިވާއިރު ލާމަރުކަޒީ ގާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހުތަކާ އެކު ކައުންސިލްތަކަށް ވަނީ ގިނަ ބާރުތަކެއް ދީފައެވެ. އޭގެ ތެރޭގައި މާލީ މިނިވަންކަމާއި އަމިއްލައަށް ބޮޑެތި މަޝްރޫޢުތައް ހިންގުން ފަދަ ބާރުތައް ހިމެނެއެވެ. އަދި ކުރިން 3 އަހަރަށް އޮތް ކައުންސިލްގެ ދަޢުރު މިހާރުވަނީ 5އަހަރަށް އިތުރުކޮށްފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބުން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީންނެވެ. އެގޮތުން އެމްޑީީޕީން 400 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކާމިޔާބު ކުރީ 325 ގޮނޑިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.