މާލޭގައި އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގައި 14 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ރޭގެ ވަގުތެއްގައި ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ވާކަމެއް ނުވަތަ ނޫންކަމެއްވެސް ފުލުހުން ހާމަކޮށްފައި ނުވެއެވެ.
ނަމަވެސް މިފަދަ މައްސަލައެއްގައި މީހަކު ހައްޔަރުކުރިކަމަށް ބުނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ރޭ ވަނީ ދައުރުވެފައެވެ. އަދި 14 އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވަނީ އެކުއްޖާ ދިރިއުޅޭގެއަށް ގޮސްއުޅޭ ރައްޓެއްސެއް ކަމަށްވެސް މައުލޫމާތު އެނގޭ މީހަކު ބުނެފައިވެއެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން ފަދަ މައްސަލަތަކަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ފުލުހުން ތަހުގީގު ކުރާ މައްސަލަ ތަކެކެވެ.
ކޮމެންޓު ފޮނުވާ