އަފްއާނިސްތާންގެ ޕްރޮވިންސެއްގެ ވެރިރަށް ތާލިބާނުންގެ ބާރުގެ ދަށަށް ގޮސް، ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް

އަފްއާނިސްތާންގެ ޕްރޮވިންސެއްގެ ވެރިރަށް ތާލިބާނުންގެ ބާރުގެ ދަށަށް ގޮސް، ސަރުކާރަށް ބޮޑެތި ގޮންޖެހުންތަކެއް

Author
ހުސެއިން
07 އޮގަސްޓް 2021 08:12
0

އަފްއާނިސްތާނުގެ ސަރުކާރާ ތާލިބާން ހަގުރާމަވެރިންނާ ދެމެދު ހިގަމުންދާ ހަގުރާމާގައި، އެގައުމުގެ ޕްރޮވިންސެއްގެ ވެރިރަށް ފުރަތަމަ ފަހަރަށް ތާލިބާން ހަގުރާމަވެރިންގެ ބާރުގެ ދަށަށް ހިގައްޖެއެވެ.

އައާނިސްތާނުގެ ދެނުކުގައި އޮންނަ ޕްރޮވިންސެއް ކަމުގައިވާ ނިމްރޫޒް ޕޮރޮވިންސްގެ ވެރިކަން ކުރާ ސިޓީ ކަމުގައިވާ ޒަރާންޖް ތާލިބާން ހަގުރާމަވެރިން ހިފާފައިވާއިރު، މިހާރުވެސް އިތުރު ދެ ޕްރޮވިންސެއްގައި ވަރުގަދައަށް ދަނީ ހަގުރާމަ ކުރެވެމުންނެވެ.

ބޭރުގެ ގިނަ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ނިމްރޫޒް ޕޮރޮވިންސްގެ ވެރިކަން ކުރާ ސިޓީ ކަމުގައިވާ ޒަރާންޖް ތާލިބާނުންގެ ބާރުގެ ދަށަށް ގޮސްގައިވަނީ މިހަފްތާގެ ހުކުރު ދުވަހުއެވެ.

އަދި މީގެ އިތުރުން، އިތުރު ޕްރޮވިންސެއް ކަމުގައިވާ ހެލްމެންޑް ޕްރޮވިންސްގެ ވެރިކަން ކުރާ ސިޓީ ކަމުގައިވާ ލަޝްކަރޭ ގާހު ވެސް ތާލިބާނުންގެ ބާރުގެ ދަށަށް މިހާރު ގޮސްފައިވާކަމަށް ބައެއް މީޑިއާތަކުންވަނީ ރިޕޯޓު ކޮށްފައެވެ.

މީގެ 20 އަހަރު ކުރިން އަފްއާނިސްތާނުގައި، އިސްލާމީ ހަރުކަށި އުސޫލުތަކެއް ތަންފީޒުކޮށް، ވެރިކަން ކުރަމުންއައި ތާލިބާނުން އެގައުމުގެ ވެރިކަމުން ދުރުކޮށްފަފައިވަނީ، އެމެރިކާ ސިފައިން އެގައުމަށް އަރާ، ކުރި ވަރުގަދަ ހަގުރާމާގައެވެ. އެހެންނަމަވެސް، އޭގެ 20 އަހަރުފަހުން، އަފްއާނިސްތާނުގައި ތިބި ގައުމުން ބޭރުގެ ސިފައިން އެގައުމުން، މީގެ 2 މަސްކުރިން ފޭބުމާއެކު، ތާލިބާނުން ދަނީ، ހުޅަގުން ތާއީދުކުރާ އަފްއާން ސަރުކާރާ ދެކޮޅަށް ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.

މިގޮތުން ފަހަކަށް އައިސް ތާލިބާން ހަގުރާމަވެރިންވަނީ، އަފްއާނިސްތާނުގެ އެތަކެއް އަވަށްތަކާއި އަދި ސަރަހައްދީ ރޮގުގެ މުހިންމު ބައެއް ސަރަހައްދުތައް އެމީހުންގެ ބާރުގެ ދަށަށް ގެނެސް، ޕްރޮވިންސްތަކުގެ ވެރިރަށް ރަށްތައް ހިފުމަށްޓަކާ ހަގުރާމަ ފަށާފައެވެ. މީގެތެރޭގައި އަފްއާނިސްތާނުގެ ހުޅަގުގައި އޮންނަ ހެރާތުއާއި ދެކުނުގައި އޮންނަ ކަންދަހާރުވެސް ހިމެނެއެވެ.

އެމެރިކާއާއި ތާލިބާނުންނާ ދެމެދު 2020ވަނަ އަހަރުގެ ފެބްރުއަރީމަހު ވެވުނު އެއްބަސްވުމުގެ ދަށުން، އެމެރިކާސިފައިން އެގައުމުން ފޭބިފަހުން ތާލިބާނުންނަށް ހިފުނު އެންމެ ފުރަތަމަ ޕްރޮވިންސެއްގެ ވެރިކަންކުރާ ސިޓީއަކީ ޒަރާންޖެވެ. އޭގެ ކުރިން އެންމެ ފަހުން އަފްއާނިސްތާނުގެ ޕްރޮވިންސެއްގެ ވެރިކަން ކުރާ ސިޓީއެއް ތާލިބާނުންގެ ބާރުގެ ދަށަށް ގޮސްފައިވަނީ 2016ވަނަ އަހަރުއެވެ.

އެއަހަރު އަފްއާން ޕްރޮވިންސެއްގެ ވެރިކަން ކުރާ ސިޓީއެއް ކަމުގައިވާ ކުންޑުޒް ތާލިބާނުންގެ ބާރުގެދަށް ގޮސްފައިވަނީ ކުރު މުއްދަތަކަށެވެ.

ތާލިބާނުންގެ ބާރުގެދަށަށް ގޮސްފައިވާ ޒަރާންޖް ސިޓީ ނިސްބަތްވާ ނިމްރޫޒް ޕްރޮވިންސްގެ ޕޮލިހުންގެ ފަރާތުން ރޮއިޓާސްއަށް މައުލޫމާތު ދެމުން، އެޕްރޮވިންސްގެ ފުލުހުންގެ ތަރުޖަމާނަކު، ނަން ހާމަ ނުކުރުމަށް އެދި، ބުނެފައިވަނީ، އެ ޕްރޮވިންސްގެ ވެރިކަންކުރާ ސިޓީ ތާލިބާނުންގެ ބާރުގެދަށް ގޮސްފައިވަނީ، ސަރުކާރަށް، އެ ސިޓީ ހިމާޔަތް ކުރުމަށް މަސައްކަތް ކުރަމުންދިޔަ ސިފައިންނަށް އެހީތެރިކަން ފޯރުކޮށް ނުދެވިގެންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.