ދެ ޑޯޒް ފުރިހަމަކުރި އެތައް ސަތޭކަ ބަޔަކު ކޯވިޑަށް ޕޮޒިޓިވްވެ އިނގިރޭސިވިލާތުގައި އެޑްމިޓް ކޮށްފި

ދެ ޑޯޒް ފުރިހަމަކުރި އެތައް ސަތޭކަ ބަޔަކު ކޯވިޑަށް ޕޮޒިޓިވްވެ އިނގިރޭސިވިލާތުގައި އެޑްމިޓް ކޮށްފި

Author
ހުސެއިން
07 އޮގަސްޓް 2021 07:38
0

އިނގިރޭސިވިލާތުގައި އަދިވެސް ބާރަށް ފެތުރެމުންދާ ކޯވިޑް19ގެ ނުރައްކާތެރި ޑެލްޓާ ވޭރިއެންޓުގެ ޝިކާރައަކަށްވެ، ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކޮށްފައިތި އެތައްސަތޭކަ ބަޔަކު ކޯވިޑަށް ޕޮޒިޓިވްވެ އެޑްމިޓް ކޮށްފައި ވާކަމަށް، އެގައުމުގެ ސައިންޓިސްޓުން ހުކުރުވަހު ހާމަ ކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ޕަބްލިކް ހެލްތު އިންގްލޭންޑް (PHE)އިން އެންމެ ފަހުން އާންމުކުރި ކޯވިޑް19 އަޕްޑޭޓްގައި އިންޒާރު ދީފައިވާ ގޮތުން، ކޯވިޑް19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކުގެ ކިބައިން، ޑެލްޓާވައިރަސް ފެތުރުމުގައި، ވެކްސިން ޑޯޒް ނުޖަހާ ފަރާތަކާ އެއްވެސް ތަފާތެއް ނެތުމަކީވެސް އެކަށީގެންވާ ކަމެއްގެ ގޮތުގައި މިހާރު ބެލެވެއެވެ.

PHEއިން ބުނެފައިވަނީ ޖުލައި 19 އިން އޮގަސްޓް 2ވަނަ ދުވަހާ ދެމެދު ޑެލްޓާ ވޭރިއެންޓަށް ޕޮޒިޓިވް ވެގެން، ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްފައިވާ 1,467 މީހުންގެ ތެރެއިން 55.1 އިންސައް މީހުންނަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައިވާނުވާ ފަރާތްތަކެވެ. އަދި މީގެތެރެއިން 34.9 އިންސައްތަ (512) މީހުންނަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަރާތްތަކެވެ.

"މިނިވަން ދުވަސް" މި ނަމުގަ ޖުލައިމަހުގެ 19ވަނަ ދުވަސް އިނގިރޭސިވިލާތުގައި ފާހަގަ ކޮށްފައިވަނީ އެތައް ދުވަހެއްވަންދެން އެގައުމުގައި ދަމަހައްޓަމުން އައި ކޯވިޑްގެ ހަރުކަށި ފިޔަވަޅުތަކަށް ލުއިންދޭނެ ފެށި ދުވަހުއެވެ.

އިނގިރޭސިވިލާތިގައި ބޭނުންކުރަމުންދާ ހުރިހާ ވެކްސިނަކީވެސް، ވެކްސިން ފުރިހަމަ ކުރުމަށްޓަކާ ދެޑޯޒް ޖަހަންޖެހޭ ވެކްސިންތަކެވެ.

މިހާތަނަށް އައިއިރު، އިނގިރޭސިވިލާތުގެ ވެކްސިޖަހާ އުމުރުގެ އާބާދީގެ %75 މީހުންވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

މުޅި ދުނިޔެއިން 4.4 މިލިއަން މީހުން މިހާތަނަށް މަރުވެފައިވާ މިބަލި، މިހާރު ދުނިޔޭގައި ފެތުރެމުންދާ ދިއުމުގެ އެންމެ ބޮޑު ދައުރެއް އަދާ ކުރަމުންދަނީ މި ވައިރަހުގެ ޑެލްޓާ ވޭރިއެންޓެވެ. އިނގިރޭސިވިލާތުގައި މިބަލީގައި މިހާތަނަށް އައިއިރު 130,000 މީހުންވަނީ ދުނިޔެ ދޫކޮށްފައެވެ.

އިނގިރޭސިވިލާތުގެ ޕަބްލިކް ހެލްތު އިންގްލޭންޑް (PHE)އިން ބުނެފައިވަނީ، އެގައުމުގައި މިހާރު ފެތުރެމުންދާ ކޯވިޑް19ގެ %99 ހިއްސާކުރަނީ ޑެލްޓާ ވޭރިއެންޓް ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.