ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީއެއް އޮޅިވަޑައިގަންނަވާ މެމްބަރު އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕުގައި ހުރިނަމަ، އެމެމްބަރަކު ހުންނަވާނީ އަމިއްލައަށް އޮޅިފައިކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ޑެޕިއުޓީ ޕީޖީ ލީޑަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް މިހާރު އަދާލަތު ޕާޓީގެ މެންބަރަކަށް ނުވާކަންވެސް ޔަގީން ނުވާކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ރައްޔިތުން މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ ދާދިފަހުން ވިދާޅުވެފައެވެ. އަފީފްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ހުސެއިން ވިދާޅުވީ އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގައި ރައީސް ޞާލިހު ނިސްބަތްވާ ޕާޓީ އޮޅޭކަމަށް ވިދާޅުވާ މެމްބަރަކުވެސް ހުންނަވާނީ އޮޅިފައިކަމަށެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ އެއްވެސް ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެ ވަޑައިގަންނަވާ ސިޔާސީ ޕާޓީ އޮޅިވަޑައިގަންނަވާނަމަ، އެވާ ގޮތަކީ އެބޭފުޅެއް އަމިއްލަ އަށް އޮޅުން.
– ހުސެއިން ޝަހީމް ވިދާޅުވިއެވެ.
އަފީފް ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާއިން އެމަނިކުފާނުގެ ހަށިކޮޅަށް އެތައް ޒަޚަމެއް ލިބިފައިވީ އިރުވެސް "މާ ބޮޑު ކަމެއް ނުވާ" ކަމާއި ނަޝީދުގެ ހާލުކޮޅު ރަނގަޅު ކަމަށް އަދާލަތު ޕާޓިއަށް ނިސްބަތްވާ ހޯމް މިނިސްޓަރު އިމްރާން ވިދާޅުވި ކަމަށާއި، ރައީސް ޞާލިހްގެ އެންމެ އަރިސް ބޭފުޅުންގެ ގޮތުގައި މިހާރު ތިބީ އަދާލަތު ޕާޓިގެ މެންބަރުންކަމަށެވެ. މިއާއިއެކު އަފީފް ވިދާޅުވީ ރައީސް ޞޯލިހް މިހާރު ޢަދާލަތު ޕާޓީގެ މެންބަރަކަށް ނުވާކަންވެސް ނޭނގޭކަމަށެވެ.
މީގެ އިތުރުން އަފީފް ވިދާޅުވީ އަފީފް ވިދާޅުވީ ރައީސުލްޖުމުހުރިއްޔާއަކު ރައްޔިތުން އިންތިހާބު ކުރަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަންކަމަށާއި އެފަދައިން އަމަލުކުރުމަކީ ރައީސުލްޖުމުހުރިއްޔާއެއްގެ މައްޗަށް ލާޒިމްވާކަމެއްކަމަށެވެ.
އަފީފްއަކީ ރައީސް ނަޝީދަށް ދިން ހަމަލާގެ މައްސަލަ ބެލުމަށް އެމްޑީޕީން އެކުލަވާލި މޭ 6 ކޮމެޓީގެ މުޤައްރިރުވެސް މެއެވެ. އަފީފް ގެންދަވަނީ ދޭތެރެ ދޭތެރެއިން ރައީސް ޞާލިހުއަށާއި، ސަރުކާރަށް ނިސްބަތްކޮށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ. ބައެއް ބޭފުޅުން ވިދާޅުވަމުންދަނީ އަފީފް ސަރުކާރާއި ދެކޮޅުވެގެން އުޅެނީ ސަރުކާރުން ލިބޭ ޕްރޮޖެކްޓްތައް މަދުވުމުންކަމަށެވެ.
ކޮމެންޓު ފޮނުވާ