ނަޝީދު ބޭރުގައި ބެހެއްޓުމަކީ ސަރުކާރުން ބޭނުންވާ ގޮތްކަމަށް ވެދާނެ: އާދަމް ޝަރީފް

ނަޝީދު ބޭރުގައި ބެހެއްޓުމަކީ ސަރުކާރުން ބޭނުންވާ ގޮތްކަމަށް ވެދާނެ: އާދަމް ޝަރީފް

Author
މުޙައްމަދު ޝަޒައިމް
06 އޮގަސްޓް 2021 10:06
0

މަޖިލިސް ރައީސް މުހައްމަދު ނަޝީދު ރާއްޖެއިން ބޭރުގައި ބެހެއްޓުމަކީ، މިސަރުކާރުން ބޭނުންވާ ގޮތްކަމަށް ވެދާނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުން ކުރިއަށް ގެންދިޔަ އިންކުއަރީގެ ރިކޮމެންޑޭޝަންތަކަށް ސަރުކާރުން އަމަލު ކުރަން ރާވާފައިވާ ގޮތް އެނގުމުން ނޫނީ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަތުމުން ރަނގަޅު ނޫން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެ ދެއްކެވި ވާހަތަކަށް ތާއީދު ކުރައްވައި އާދަމް ޝަރީފް ވިދާޅުވީ މަޖިލީހުން އެކުލަވާލި ރެކޮމަންޑޭޝަނަށް ސަރުކާރުން އިޖާބަދޭތަން ނުފެންނަ ކަމަށެވެ.

މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާގެ ތަފްސީލީ ރިޕޯޓެއް އެކުލަވާލައި، މަޖިލީހުން ކަނޑައެޅި ރެކޮމަންޑެޝަންތަކަށް އިޖާބަ ނުދިނުމަކީ ސަރުކާރުން މިކަމަށް ސަމާލުކަން ނުދޭހެއްކެއްކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ނިޔަތަކީ ރައީސް ނަޝީދު ބޭތުގައި ބެހެއްޓުންކަމަށް ވެދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަޖިލިސްގެ ރެކޮމަންޑޭޝަން ތަކަށް ސަރުކާރުން އިޖާބައެއް ދޭނެ ކަމަކަމަށް ނުފެނޭ. ދައުރުން ބޭރު ޖަލްސާއެއްވެސް ނުބޭއްވި. ރައީސް ނަޝީދު ބޭރުގައި ބެހެއްޓުމަކީ ބޭނުންވާ ގޮތް ކަމަށް ވެދާނެ؟ ރައީސްގެ ޤާނޫނީ ޒިންމާ އަދާކުރެވޭނެ ގޮތް ހަދަންޖެހޭ.

– އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި އެމަނިކުފާނަށް ފުން ޒަހަމުތަކެއް ލިބިވަޑައިގެންނެވިއިރު މަޖިލީހުން ވަނީ އެމަނިކުފާނަށް ދެމުންދިޔަ ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީއެއް ހަދާފައެވެ. އެ އިންކުއަރީގައި ހަމަލާގެ މައުލޫމާތު ކުރީން ލިބިފައިވީނަމަވެސް އެކަށީގެންވާ ސީރިއަސް ގޮތެއްގައި އެކަން ބަލާ ފިޔަވަޅު އަޅާފައިނުވާކަން ފާހަގަކޮށްފައިވެއެވެ.

އިންކުއަރީ ރިޕޯޓް މަޖިލީހުގެ ރައީސްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އާއި އުއްތަމަފަނޑިޔާރަށް ވަނީ އަރުވާފައެވެ. ރައީސް ނަޝީދުގެ ބޭބޭފުޅު ޑރ. އިބްރާހިމް ނާޝިދު އަވަސް އަށް ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ދެވަނަ ދައުރު ފެށުމުގެ ކުރިން އެމަނިކުފާނަށް ރާއްޖެ ވަޑައިނުގެންނެވޭނެ ކަމަށެވެ. އެއީ އެމަނިކުފާނުގެ ކަކުލަށް ލިބިފައިވާ އަނިޔާ ރަނގަޅުނުވާތީ ކަމަށް ވެސް ވިދާޅުވި އެވެ.

ނަމަވެސް ސެޕްޓެމްބަރު މަހުގައި ރައީސް ނަޝީދު ރާއްޖެ ވަޑަގަންނަވާނެ ކަމަށް ބެލެވޭ ކަމަށާއި އަދި ތާރީހެއް ނުނިންމާ ކަމަށް ވެސް ވިދާޅުވި އެވެ. ނާޝިދު ވިދާޅުވީ ރައީސް ނަޝީދުގެ ހާލުކޮޅު ވަރަށް ބޮޑަށް ރަނގަޅުވަމުން އަންނަ ކަމަށެވެ.

ހައެއް ފަހެއްގެ ހަމަލާގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ބޮޑެތި ސާޖަރީތައް ހެދުމަށް ފަހު، އެ ހޮސްޕިޓަލުން ޑިސްޗާޖު ކޮށްލުމާއެކު އިތުރު ފަރުވާއަށް ނަޝީދު ޖަރުމަނަށް ވަޑައިގަތީ މިދިޔަ މެއި މަހުގެ 13 ވަނަ ދުވަހު އެވެ. އޭގެ ފަހުން ނަޝީދު އިތުރު ފަރުވާ ހޯއްދަވަމުން ގެންދަވަނީ އިނގިރޭސި ވިލާތުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ގ ގަންޖާ
ސަރުކާރުއެކަނިނޫ ދިވެހިރައިއަތުންވެސްބޭނުންވަނީއައްނީބޭރުގައިހުރުމަށް
ސ ސަންފަ
އާދަނާ ސަރުކާރު އެކަންޏެއް ނޫން ރާއްޖޭގެ ގިނަ ރައްޔިތުންވެސް އެދެނީ އެގޮތް . މަހިތުން އާދަނުވެސް އެދޭނީ އެގޮތް އެކަމަކު ސަރުކާރާ ނަޝީދުއާ ދެމެދު ފިތުނަ އުފެއްދުމުގެ ގޮތުން ދައްކާ ވާހަކަ ތިޔައީ.
H Halaaku
Sarukaara nasedhua rnuruhunvegen noole idhikolu handhahvegen uleagothen ae nashedhake soolihu soolihake nashedu ok ameehunaetkolahvahaka dhehkumake pp aamu menbarun v nuruhea kamet