2013 ގައި މަޖިލިސް ތެރެއަށް ވަތް ސިފައިންނަށް ދައުވާ އުފުލުމަށް އާޒިމް އެދިވަޑައިގެންފި

2013 ގައި މަޖިލިސް ތެރެއަށް ވަތް ސިފައިންނަށް ދައުވާ އުފުލުމަށް އާޒިމް އެދިވަޑައިގެންފި

Author
މުޙައްމަދު ޝަޒައިމް
26 އޮކްޓޯބަރ 2020 11:28
0

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީކަންކަން ބެލެހެއްޓުމަށްކަށްބުނެ އެމްއެންޑީއެފްއިން މަޖިލިސް ތަޅުމަށްވަދެ ހިންގި ކަންކަން ބަލައި ދިނުމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް މަޖިލިސް ރައީސްގެ ކިބައިން އެދިވަޑައިގެންފިއެވެ.

2013 ވަނަ އަހަރު އޮކްޓޯބަރު މަހުގެ26 ވަނަ ދުވަހު މިހާރުގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓް، ރީޓްވީޓް ކުރައްވައި އާޒިމް ވިދާޅުވީ މިއަދު މިއީ މިމައްސަލަތައް ބަލަންވީ ދުވަސްކަމަށެވެ. ރައީސް ނަޝީދު އޭރު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ މަޖިލިސް ތެރެއަށް ވަތް ސިފައިންގެ މައްސަލަތައް ބަލައި ވަކިވަކި ސިފައިންނަށް ދައުވާ ކުރާނެކަމަށެވެ.

18 ވަނަ މަޖިލީހުގެ 2013 ވަނަ އަހަރަށް މަޖިލީހަށް އޭރުގެ ރައީސް ރިޔާސީ ބަޔާން އިއްވުމަށް ވަޑައިގަތުމުން އިދިކޮޅު މެމްބަރުންވަނީ މަޖިލީހުގައި އިޚްތިޖާޖުކޮށްފައެވެ. މި އިހުތިޖާޖުތައް ހުއްޓުމަށް ސިފައިންވަނީ މަޖިލިސް ތެރެއަށްވެސް ވަދެ ހަމަނުޖެހުން ހިންގި މެމްބަރުން ތަޅުމުންވެސް ނެރެފައެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އޭރުގެ އިދިކޮޅު މެމްބަރުންނާއި، ޚާއްސަކޮށް މަޖިލީހުގައި ތިއްބެވި ސަރުކާރަށް ތާއީދުކުރާ މެމްބަރުންގެ ތެރެއިން އިދިިކޮޅާއި ގުޅުނު 12 މެމްބަރުންނާއިއެކު މަޖިލިސް ތެރޭގައި ވަރަށްގިނަ ހަމަނުޖެހުންތަކެއް ވަނީ ހިނގައި ގޮސްފައެވެ.

އޭރު ހިނގި ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް ސިފައިން ކުރެއްވި މަސައްކަތްތަކާއި ގުޅޭގޮތުން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީކަންކަން އެމްއެންޑީއެފްއިން ބަލަހައްޓަމުން ދަނީ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގަ މަތިން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާފަދަ ކަމެއް ވިޔަނުދިނުމަކީ ސަލާމަތީ ބާރިތަކަށް ގާނޫނު އަސާސީން ހަވާލުކޮށްފައިވާ ޒިންމާއެއް ކަމަށެވެ.

2013 ވަނަ އަހަރު ޑިފެންސް މިނިސްޓްރީއާއި ހަވާލުވެ ހުންނެވީ މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.