މަސް ދޯންޏެއް ހައިޖެކްކުރަން އުޅުނު މައްސަލާގައި ކަން ހިގާފައިވާ ގޮތުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަށް މަސްވެރިންނަށް ދިނުމަށް ގައުމީ ޓީމުގެ ކުރީގެ ކީޕަރު އިމްރާން މުޙައްމަދު ސަލާމަތީ ބާރުތަކުގެ ކިބައިން އެދިއްޖެ އެވެ.
ފުލުހުންނާއި ސިފައިންގެ އިތުރުން ފިޝަރީޒް މިނިސްޓްރީ ޓެގްކޮށް އިމްރާން ކުރި ޓްވީޓެއްގައި ބުނީ މިއީ ނުރައްކާތެރި އަދި ހިތާމަހުރި ކަމެއް ކަމަށެވެ. އަދި މިކަން ހިނގާފައިވާ ގޮތުގެ ސައްހަ މަޢުލޫމާތު ވީހާ އަވަހަކަސް ދިވެހި ރައްޔިތުންނަށް ހާއްސަކޮށް މަސްވެރިންނަށް ހާމަކޮށްދި ދިނުމަކީ މުހިންމު ކަމެއް ކަމަށް އިމްރާން ބުންޏެވެ.
ގައުމީ ޓިމުން ރިޓަޔަރ ކުރުމަށް ފަހު އިމްރާން މުޙައްމަދު އާންމުގޮތެއްގައި މިހާރު ފެންނަނީ މަސްވެރިކަމުގެ ދާއިރާއިންނެވެ.
އެއްބަސްވުމާއި އެއްގޮތަށް ފައިސާ ނުދައްކާތީ ދޯންޏެއް ހައިޖެކްކުރަން އުޅުނު މައްސަލައެއް ބަލަމުންދާކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ. ފުލުހުން ބުނީ ރޭ 11:55 ހާއިރު ލ.އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސްދޯންޏެއް ބަލާ ލޯންޗެއްގައި ބަޔަކު އެދޯންޏަށް ދިޔަކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން މައުލޫމާތު ސާފުކުރި ކުރުމުން އެދޯނި ލ.މަގު ތުޑިއަށްކައިރި ކުރިކަން އެނގިފައިވައެވެ. އަދި ފުލުހުން ދޯންޏަށްގޮސް ބެލިބެލުމުން ދޯންޏަށް އިތުރު ބަޔަކު އަރަފައިވާކަމަށާއި، ނަމަވެސް އެއްވެސް މާރާމަރީއެއް ހިންގާފައި ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ދޯންޏަށް ގެންދިޔަކަމަށް ބެލެވޭ ތޫނު އެއްޗިހި ދޯނިތެރޭގައި ހުރުމުން އެތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ކޮމެންޓު ފޮނުވާ