މަސްއޫދަށް ދަގަނޑުބުރިއަކުން ހަމަލާދިން މީހާގެ ބަންދަށް 7 ދުވަސް

މަސްއޫދަށް ދަގަނޑުބުރިއަކުން ހަމަލާދިން މީހާގެ ބަންދަށް 7 ދުވަސް

ގުޅުންހުރި

ދިއެފްއެމްގެ ކުރީގެ ސީއީއޯ މަސްއޫދު ހިލްމީ އަށް ހަމަލާދިން މީހާގެ ބަންދަށް 7 ދުވަސް ކޯޓުން ދީފިއެވެ.

މަސްއޫދަށް ހަމަލާދިން މީހާގެ ބަންދަށް 7 ދުވަސް ދީފައިވަނީ އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.

މަސްއޫދަށް ހަމަލަދިނީ އަނބިކަނބަލުންނާއެކު (ލ.ފޮނަދޫ) ރަށުގެ ބޯޅަދަނޑު ކައިރިން ސައިކަލްގައި ދުއްވާފައި ދަނިކޮށެވެ.

ފުލުހުން ބުނެފައިވަނީ މިހަމަލާއި ގުޅިގެން މަސްއޫދަށް އެކިވަރުގެ އަނިޔާވެގެން ފޮނަދޫ ސިއްޚީ މަރުކަޒުން ފަރުވާ ހޯދާފައިވާކަމަށެވެ. މިމާރާމާރީއާއި ގުޅިގެން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން 36 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށް ފުލުހުން ބުނެފައިވެއެވެ.

މަސްއޫދުގެ ކާރުގައި ވެސް މިދިޔަ އަހަރުގެ ފަހުކޮޅު ރޯކޮށްލާފައިވާއިރު، ރޭ ހަމަލަދިނީ ވެސް ކާރު ރޯކޮށްލި މައްސަލައިގެ ތުހުމަތު ކުރެވޭ މީހާކަމަށް ބައެއް މިޑިއާތަކުގައި މަސްއޫދު ބުނެފައިވެއެވެ. އެ މައްސަލައިގެ ތަހުގީގު އަދިވެސް ފޮނަދޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް އެބަގެންދެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ