އަފްއާނިސްތާން ޑިފެންސް މިނިސްޓަރގެ ގެއަށް ހަގުރާމަވެރިން ހަމަލާ ދީފި

އަފްއާނިސްތާން ޑިފެންސް މިނިސްޓަރގެ ގެއަށް ހަގުރާމަވެރިން ހަމަލާ ދީފި

Author
ހުސެއިން
04 އޮގަސްޓް 2021 07:15
0

އަފްއާނިސްތާންގެ ޑިފެންސް މިނިސްޓަރ ހުންނަވާ ގެއަށް ހަގުރާމަވެރިން ހަމަލާ ދީ، ބަދަލު ކުރެވުނު ބަޑިގެ ހަމަލާތަކުގައި 4 މީހަކު މަރުވެއްޖެއެވެ.

ވެރިރަށް ކާބުލްގެ، ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ "ގްރީން ޒޯން"ގެ ކައިރީގައި ހުންނަ މި ގެ ކައިރީގައި ހަގުރާމަވެރިން ކާރު ބޮމެއް ގޮއްވާލާ އަދި ގެއަށް ބަޑީގެ ހަމަލާތައް ދިން އިިރު، ޑިފެންސް މިނިސްޓަރ ބިސްމިއްލާހި ޚާން މުހައްމަދީ އެވަގުތު ގޭގައި ނޫޅުއްވާ ކަމަށް ވެއެވެ.

އަދި ހަމަލާ ދޭން ފެށުމާއެކު އޭނާގެ އާއިލާ ރައްކާތެރިކަމާއެކު އެހެން ތަނަކަށް ބަދަލު ކޮށް، އަދި ހަމަލާ ދިން ފަރާތްތައް ވަނީ މަރާލާފައެވެ.

ޑިފެންސް މިނިސްޓަރގެ ގެއަށް ހަގުރާމަވެރިން ހަމަލާ އަމާޒު ކޮށްފައިވަނީ، އަފްއާން ސަރުކާރު ސިފައިންނާއި ތާލިބާން ހަގުރާމަވެރިންނާ ދެމެދު އަފްއާނިސްތާނުގެ އެތަކެއް ސިޓީއެއްގައި ހަމަލާ ބަދަލުކުރުން ކުރިޔަށް ދަނިކޮށެވެ. އަދި ޔޫއްންގެ ސެކިއުރިޓީ ކައުންސިލްއިން، ހަމަލާ ބަދަލުކުރުން ވަގުތުން ހުއްޓާލުމަށް ގޮވާލާފައި ވަނިކޮށްވެސްމެއެވެ.

އަފްއާނިސްތާންގެ ސެކިއުރިޓީ އޮފިޝަލުން އޭއެފްޕީއަށް މައުލޫމާތު ދީފައިވާ ގޮތުގައި، ހަމަލާ ބަދަލުކުރުން ތަކުގައި 4 މީހަކު މަރުވެފައި ވާއިރު 11 މީހަކަށް އަނިޔާވެގެން ކާބުލްގައި ހުންނަ ސިއްޙީ ފަރުވާދޭ ތަންތަނަށް ގެންދެވިފައިވާ ކަމަށް އިޓާލިއަން މެޑިކަލް ޗެރިޓީ އެމަރޖެންސީން ޔަގީން ކޮށްދީފައި ވެއެވެ.

"ހާސްނުވޭ، ހުރިހާކަމެއްވެސް ބަރާބަރު!،" މި ހަމަލާއަށްފަހު، ޑިފެންސް މިނިސްޓަރ މުހައްމަދި ޓުވީޓު ކުރައްވާފައި ވެއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވަނީ، މިހަމަލާއަކީ ތާލިބާނުންގެ ފަރާތުން އައި ހަމަލާއެއްކަން، ހުރިހާގޮތަކުންވެސް ސާފުކޮށް ފެންނާން ހުރި ކަމުގައެވެ.

މި ހަމަލާއަށްފަހު، ކާބުލްގެ ރައްޔިތުން ގޭތަކުގެ ފުރާޅުމައްޗަށް އަރާ، ތާލިބާނުންގެ މި ހަމަލާއާއި ދެކޮޅަށް އަޑު އުފުލާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.