ރައީސް ނަޝީދަށް ރާއްޖެ ވަޑައިގެންނެވޭނެކަމަށް ބެލެވެނީ އަންނަ މަހު

ރައީސް ނަޝީދަށް ރާއްޖެ ވަޑައިގެންނެވޭނެކަމަށް ބެލެވެނީ އަންނަ މަހު

Author
މުޙައްމަދު ޝަޒައިމް
02 އޮގަސްޓް 2021 04:58
0

ރައްޔިތުންގެ މަޖިހީލުގެ ރައީސް މުހައްމަދު ނަޝީދަށް ރާއްޖެ ވަޑައިގަނޭވޭނެ ކަމަށް ބެލެވެނީ އަންނަ ސެޕްޓެމްބަރު މަހުގައި ކަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފިއެވެ.

މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް މިމަހުގެ 16 ވަނަ ދުވަހު ފަށާއިރު، ޖަލްސާތަކުގައި ރައީސް ނަޝީދަށް ބައިވެރިވެ ވަޑައިގެންނެވޭނެކަމެއް އަދި ޔަގީން ނުވެއެވެ. ކޯވިޑް-19އާއި އޮންލައިންކޮށް ޖަލްސާތައް މީގެ ކުރިން ގެންދިޔަ ނަމަވެސް މިހާރު ގެންދަނީ ތަޅުމުގައެވެ. މަޖިލިސް ޗުއްޓީއަށް ދިއުމުގެ ކުރިން ބޭއްވި ފަހު ޖަލްސާގައި މަޖިލިސް ނާއިބް ރައީސް ވިދާޅުވެފައިވަނީ ފަހު ދައުރުގެ ޖަލްސާތައް ރައީސް ނަޝީދާއިއެކު ބޭއްވޭނެކަމަށް އުންމީދު ކުރައްވާކަމަށެވެ.

މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އާއިލާއިން ބުނެފައިވަނީ މަޖިލީހުގެ ދެވަނަ ދައުރު ފެށުމުގެ ކުރިން އެމަނިކުފާނަށް ރާއްޖެ ވަޑައިނުގެންނެވޭނެ ކަމަށެވެ. އެއީ އެމަނިކުފާނުގެ ކަކުލަށް ލިބިފައިވާ އަނިޔާ ރަނގަޅުނުވާތީ ކަމަށް ވެސް ވިދާޅުވިއެވެ. ނަމަވެސް ސެޕްޓެމްބަރު މަހުގައި ރައީސް ނަޝީދު ރާއްޖެ ވަޑަގަންނަވާނެ ކަމަށް ބެލެވޭ ކަމަށާއި އަދި ތާރީހެއް ނުނިންމާ ކަމަށް ވެސް ވިދާޅުވި އެވެ. ނާޝިދު ވިދާޅުވީ ރައީސް ނަޝީދުގެ ހާލުކޮޅު ވަރަށް ބޮޑަށް ރަނގަޅުވަމުން އަންނަ ކަމަށެވެ.

މިދިޔަ މެއި މަހުގެ ހަ ވަނަ ދުވަހުގެރޭ ދިން ހަމަލައިގައި ލިބުނު ޒަހަމްތަކަށް އޭޑީކޭ ހޮސްޕިޓަލުން ބޮޑެތި ސާޖަރީތައް ހެދުމަށް ފަހު، އެ ހޮސްޕިޓަލުން ޑިސްޗާޖު ކޮށްލުމާއެކު އިތުރު ފަރުވާއަށް ނަޝީދު ޖަރުމަނަށް ވަޑައިގަތީ މެއި 13 ގަ އެވެ. އޭގެ ފަހުން ޖުލައި 1 އިން ފެށިގެން ނަޝީދު އިތުރު ފަރުވާ ހޯއްދަވަނީ އިނގިރޭސި ވިލާތުންނެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާ އާއި ގުޅިގެން ފުލުހުން 10 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ. ފުރަތަމަ ހައްޔަރުކުރި ހަތަރު މީހުންނަކީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ)އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ. މި ހަމަލާ އާއި ގުޅިގެން ދެން ހައްޔަރުކޮށްފައި ވަނީ ކ. މާލެ މާފަންނު ކުދެހިގެ އިސްހާގު އާއި ގއ. ވިލިގިލި ހުދުރުވާގެ ފަހުމީ އަލީ އާއި އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމް އާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްމީންއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް މެއި 6ގައި ދިން ހަމަލާގެ ތަހުގީގާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު މާދަމާ ހިއްސާކުރާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.