އިންޑިއާގެ ސިނަމާތައް އަލުން ހުޅުވުމަށް މިމަހު "ބެލް ބޮޓަމް" 3ޑީ ކޮށް!

އިންޑިއާގެ ސިނަމާތައް އަލުން ހުޅުވުމަށް މިމަހު "ބެލް ބޮޓަމް" 3ޑީ ކޮށް!

Author
ފާތިމަތު ނާވީ
02 އޮގަސްޓް 2021 04:15
0

ޖުލައި 27 ގައި ރިލީޒް ކުރުމަށް ނިންމި ނަމަވެސް ކޯވިޑް-19ގެ ސަބަބުން ނެރުން ލަސްވި އަކްޝޭ ކުމާރުގެ ފިލްމް "ބެލް ބޮޓަމް" މި މަހުގެ 19ގައި ރިލީޒް ކުރުމަށް ތާވަލުކޮށްފިއެވެ.

މި ފިލްމުގައި އަކްޝޭއާއެކު ފެނިގެންދާނެ ތަރިންގެ ތެރޭގައި ވާނީ ކަޕޫރު، ހުމާ ގުރައިޝީ، ލާރާ ދައްތާ އަދި އާދިލް ހުސައިން ހިމެނެއެވެ. މި ފިލްމަކީ ވާޝޫ ބަގްނާނީ ޕޫޖާ އެންޓަޓައިންމަންޓާއި ނިކިލް އަދުވާނީގެ އެންމޭ އެއްޓަޓައިންމަންޓް ގުޅިގެން ގެނެސްދޭ ފިލްމެކެވެ.

އިންޑިއާގެ ސިނަމާތަށް އަލުން ހުޅުވުމަށް ތައްޔާރުވަމުންދަނީ މި ފިލްމުންނެވެ. އެގޮތުން މި ފިލްމު މިހަރުގެ 19 ވަނަ ދުވަހު އަޅުވާނީ 3ޑީ ކޮށް ކަމަށް އަކްޝޭ ވަނީ ބުނެފައެވެ. އަދި ފިލްމުގެ ޓްރެއިލާ މާދަމާ ދައްކާލާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

 

View this post on Instagram

 

A post shared by Akshay Kumar (@akshaykumar)

އަކްޝޭ ކުމާރު އިންސްޓަގްރާމް ގައި ވަނީ މި ފިލްމް ގެ ޓީޒާއެއް ވެސް ހިއްސާ ކޮށްފައެވެ. އޭނާ ބުނެފައިވާ ގޮތުގައި މި ފިލްމަކީ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ. އިނގިރޭސިވިލާތުގައި އެއްކޮށް ޝޫޓްކުރި "ބެލް ބޮޓަމް" އަކީ ރަންޖީތު ތިވާރީ ޑައިރެކްޓްކޮށްފައިވާ ސްޕައި ތުރިލާއެކެވެ.

 

View this post on Instagram

 

A post shared by Akshay Kumar (@akshaykumar)

ކޯވިޑް-19ގެ ސަބަބުން ރިލީޒް ނުކުރެވި ގިނަ ފިލްމްތަކެއް އެބަހުއްޓެވެ. އަދި އެކިކަހަލަ އޮންލައިން ޕްލެޓްފޯމް ތަކުގައިވެސް ދަނީ ފިލްމުތައް ރިލީޒްކުރަމުންނެވެ. އެގޮތުން "ބެލް ބޮޓަމް" އަކީވެސް މިދިއަ ޖުލައި 27 ގައި ރިލީޒް ކުރުމަށް ހަމަ ޖެހުނު ނަމަވެސް ފަސްވަމުން ގޮސްފައިވާ ފިލްމެކެވެ.

ނަމަވެސް "ބެލް ބޮޓަމް" އާއެކު އަލުން އިންޑިއާގެ ސިނަމާތައް ހުޅުވާލުމުން މިހާރު ކިއުގައި ހުރި ފިލްމުތަށް ވަރަށް އަވަހަށް ސިނަމާތަކުން ފެންނާނެ ކަމަށް ގިނަބަޔަކު އުންމީދު ކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.