ޕީޕީއެމާ ގިނަ ބަޔަކު ގުޅުމަކީ ގައުމަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަން: މަލީހު

ޕީޕީއެމާ ގިނަ ބަޔަކު ގުޅުމަކީ ގައުމަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަން: މަލީހު

Author
ޢަލީ އާދަމް
30 ޖުލައި 2021 08:23
0

ޕީޕީއެމް އާއި ގިނަ ބަޔަކު ގުޅުމަކީ ޤައުމަށް މިވަގުތު ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަން ކަމަށް ދާދިފަހުން އެޕާޓީއާއި ގުޅިވަޑައިގެންނެވި، މި ސަރުކާރުގެ ފުރަތަމަ ކޮމިއުނިކޭޝަން މިނިސްޓަރަ މުޙައްމަދު މަލީހް ޖަމާލު ވިދާޅުވެއްޖެއެވެ.

ޕީޕީއެމާއި ރޭގައި ގުޅިވަޑައިގެންނެވި އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި އިތުރު ބައެއް ބޭފުޅުންނަށް މަރުހަބާ ދަންނަވައި މަލީހު ވިދާޅިވީ ޕީޕީއެމްގެ ސަރުކާރެއް އަލުން އެކުލަވާލެވި ރައީސް ޔާމީންގެ 2 ވަނަ ދައުރު ވެގެން ދާނީ ރައްޔިތުންނަށް އިތުރު ސަޕްރައިޒްތަކެއް ގެނެސްދޭނެ އުއްމީދީ ވެރިކަމަކަށް ކަމަށެވެ.

"ޕީޕީއެމް އާއި ގިނަ ބޭފުޅުން ގުޅިވަޑައިގަތުމަކީ ޤައުމަށް މިވަގުތު ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަން. މަރުޙަބާ."

– މަލީހު

މަވެސް ޕީޕީއެމްގެ ނަމުގައި އިދިކޮޅު ޕީޕީއެމަށް މެމްބަރުން އިތުރުކުރުމަށް ހިންގާ ހަރަކާތުގެ ތެރެއިން ގިނައަދަދެއްގެ ބޭފުޅުން ޕީޕީއެމާ އަންނަނީ ގުޅެމުން ނެވެ އޭގެ ތެރޭގައި އެމްޑީޕީ އުފެދުނީއްސުރެ އެޕާޓީގައި ހަރަކާތްތެރި ވަމުން އައި ބައެއް ފަރާތްތައްވެސް ހިމެނެއެވެ.

އެގޮތުން ކުރީގެ މިނިސްޓަރ މަލީހު ޕީޕީއެމާއި ގުޅިވަޑައިގެންނެވި ރޭ އެޕާޓީއަށް ސޮއިކުރެއްވި ކުރީގެ މަޖިލީސް މެމްބަރު އަޙްމަދު އަބްދުލްކަރީމް (ރުކުމާ) އާއި ރޭގައި އެޕާޓީއާއި ގުޅުނު ރިޔާޒު (ރިޔައްޓޭ) އަކީ އެމްޑީޕީ އުފެދުނީއްސުރެ އެޕާޓިގެ އިސް ސަފުގައި ހަރަކާތްތެރި ވީ  ފަރާތްތަކެވެ. 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.