ބޭންކަށް ޖަމާކުރުމަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ފޭރިގަންނަން ބަޔަކު ހިންގި އޮޕަރޭޝަން ހުއްޓުވީ ޖީލާ ނަމަކަށް ކިޔާމީހެކެވެ.
ފުލުހުން ވިދާޅުވީ ބޭންކަށް ޖަމާކުރުމަށް ގެންދިޔަ ގިނަ އަދަދެއްގެ ފައިސާ ފޭރެން ބަޔަކު މަސައްކަތްކުރި މައްސަލައެއް މިއަދު 11:47އެހާއިރު ފުލުހުންނަށް ހުށާއަޅާފައިވާކަމަށެވެ. އަދި މިމައްސަލަ ބަލަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
ސޯޝަލް މީޑީއާގައި ދައުރުވާ ވީޑީއޯއެއްގައި ފެންނަގޮތުން އެ ފައިސާތައް ފޭރެން މަސައްކަތްކޮށްފައިވަނީ ސައިކަލެއްގައި އައި 4 މީހެކެވެ. ނަމަވެސް އެ މީހުން އެ ފައިސާ ފޭރެން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.
މިމަސައްކަތް ނާކާމިޔާބް ކޮށްލުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވަނީ މަރިޔަމް ޖީލާ ނަމަކަށް ކިޔާ ދިވެހި އަންހެނެކެވެ. މިމީހާ ވަނީ ފޭރޭ މީހުންނާއި ކުރިމަތިލައި ފައިސާ ފޭރިޔަނުދީ ހުއްޓުވާފައެވެ. ޖީލާގެ ހިއްވަރުގަދަ ކަން ރާހަގަކޮށް ރައީސް ނަޝީދުވެސް ވަނީ އޭނާއަށް ހިއްވަރު ދެއްވާފައެވެ. އަދި މިއީ ޖީލާގެ ހިއްވަރުގަދަކަން ހާމަވެގެން ދިޔަ ކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
Miadhu Male’ gai feyren ulhunu gang ah Mariyam Jeela isve dhevvi hivvarugadha adhi jehilunkuda hamala vegen dhiyaee e mulhi jareemaa naakaamiyabu vumuge furathama hamalaa ah. Jeela ah marhaba! pic.twitter.com/S6bD20lFUE
— Mohamed Nasheed (@MohamedNasheed) October 25, 2020
މާލޭގައި ފަހަކަށް އައިސް ވައްކަމާއި، ފޭރުން އިތުރުވެ، މިކަންކަން ކުރާމީހުންގެ މައްސަލަތައް ނުބެލޭ މައްސަލާގައި ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮމެންޓު ފޮނުވާ