މަޖިލިސް ރައީސް މުހައްމަދު ނަޝިދު

ކުއްލި ނުރައްކާ އިއުލާންކޮށްގެން ވިޔަސް ޓެރަރިސްޓުން ހައްޔަރު ކުރަން ޖެހޭ: ނަޝީދު

ކުއްލި ނުރައްކާ އިއުލާންކޮށްގެން ވިޔަސް ޓެރަރިސްޓުން ހައްޔަރު ކުރަން ޖެހޭ: ނަޝީދު

ގުޅުންހުރި

2 މަސް ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން ވެސް ޓެރަރިސްޓުންގެ އެކްޓިވް މީހުން ހައްޔަރު ކުރަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލަން މޭ މަހުގެ 6 ވަނަ ދުވަހުގެރޭ ދިން ހަމަލާގެ ސަބަބުން ލިބިވަޑައިގެންނެވި އަނިޔާތަކަށް ފަރުވާހޯއްދަވަން މިހާރު އިނގިރޭސި ވިލާތުގައި ހުންނަވައިގެން ނަޝީދު ގެންދަވަނީ ހަރުކަށި ފިކުރާއި ޓެރަރިޒަމާ ދެކޮޅަށް ވަށްބޮޑަށް އަޑު އުފުއްލަވަމުން ނެވެ. މީގެ އިތުރުން ހަރުކަށި ފިކުރާއި ޓެރަރިޒަމާ ދެކޮޅަށް އެންމެ އެދެވޭ މަސައްކަތެއް ސަރުކާރުން ކުރަމުން ގެންދާތަން ނުފެންނަ ކަމަށްވެސް ނަޝީދު ގެންދަވަނީ ވިދާޅުވަމުން ނެވެ.

މީގެ އިތުރުން ހަރުކަށި ފިކުރުގެ މީހުން ބުނާގޮތަށް ސަރުކާރުން އަމަލުތައް ގެންގުޅޭ ކަމަށާއި އެފަދަ ގޮތްގޮތަށް އަމަލުކުރާނަމަ ސަރުކާރަށް އިތުރަށް ތާއީދު ކުރެވެން ނެއްކަމަށްވެސް ސަރުކާރު ހިންގާ މައި ޕާޓީގެ ރައީސް، ރައީސް ނަޝީދު މީގެ ކުރިން  ވަނީ ވިދާޅުވެފަ އެވެ.

ޕާޓީގެ ވަޓްސް އެޕް ގްރޫޕްއަކަށް ނަޝީދު މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޓެރަރިސްޓުންގެ އެކްޓިވް މީހުން މިހާރު ފުލުހުންނަށް ފާހަގަ ވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.  އެހެން ނަމަވެސް ގާނޫނުތައް ހުންނަ ގޮތުން، އަދި ހުންނަން ޖެހޭވެސް ގޮތުން ފުލުހުންނަށް އެމީހުން ހައްޔަރުކުރަން އުނދަގޫވާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

"އަޅުގަނޑަށް ފެންނަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް 2 މަހެއްހާ ދުވަހުގެ ކުއްލި ނުރައްކަލުގެ ޖާގަދޭން"

– ރައިސް ނަޝީދު

ރާއްޖޭގެ ގާނުނުތަކާއި ގަވާއިދުތަށް އޮންނަ ގޮތުން އާންމު ހާލަތެއްގައި މީހަކު ހައްޔަރުކުރަން ނޫނީ ބަލައި ފާސްކުރަން ބޭނުންވާނަމަ ކޯޓު އަމުރާއި އެނޫންވެސް ފުރިހަމަކުރަންޖެހޭ އިޖުރާޢަތު ތަކެއް ހުރެއެވެ. ނަމަވެސް ކުއްލި ނުރައްކާ އިއުލާންކޮށްފައި ވާ ހާލަތެއްގައި ބައެއް ގާނޫތަކާއި ގަވާއިދުތައް ވަގުތީގޮތުން ސަސްޕެންޑް ވެއެވެ. އެގޮތުން ކޯޓު އަމުރެއް ނެތި ބަލައި ފާސްކުރުމާއި ސަލާމަތީ ބާރުތަކުން ބޭނުންވާ މީހަކު ރައްޔަރުކުރުމާއި އެފަދަ ގިނަ ބާރުތަކެއް ކުއްލި ހާލަތުގައި ސަލާމަތީ ބާރުތަކަށް ލިބިގެން ވެއެވެ.

ރައީސް ނަޝީދު މިފަދަ ގޮތަކަށް ވާހަކަ ދައްކަވާފައި މިވަނީ އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ހަމަލާގެ ތަހުގީގަށް އެނގިފައިވާ ގިނަ މައުލޫމާތު ފުލުހުން ވަރަށް ތަފްސީލުކޮށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރުމާއި ގުޅިގެންނެވެ.

ފުލުހުން ބުނީ ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މަޤްސަދެއްގެ ގޮތުގައި މިހާތަނަށް ހޯދިފައި ވަނީ މާލީ މަންފާއަކަށްވުރެ، ނަޝީދަކީ މަރާލަން ޖެހޭ މީހެއްކަމަށް އަމިއްލައަށް ނެރުނު ހުކުމްތަކާއި ފަތުވާތަކުގެ އެހީގައި ލޭ ހުއްދަކޮށް، ދީނީ ހަރުކަށި ފިކުރުގެ މީހުން ހިންގި އަމަލެއް ކަން ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ