ލާދީނީ ފިކުރާއި ހަރުކަށި ފިކުރަކީ އިންތިހާއަށް ކަންބޮޑުވާ ނުރައްކާތެރި ދެ ފިކުރު ކަމަށް ދީނީ އިލްމުވެރިޔާ ޝައިޚު ޢަލީ ޒައިދު ވިދާޅުވެއްޖެ އެވެ.
ޒައިދު ވިދާޅުވީ ބޮމެއް ގޮއްވާލައިގެން ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް އަވަހާރަކޮށްލަން މޭ މަހުގެ 6 ވަނަ ދުވަހުގެރޭ ދިން ހަމަލާގެ ތަހުގީގު ފުލުހުން ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް ފުރިހަމައަށް ކަމަށެވެ. އަދި ލާދީނީ ފިކުރާއި ހަރުކަށި ފިކުރަކީ އިންތިހާއަށް ކަންބޮޑުވާ ނުރައްކާތެރި ދެ ފިކުރު ކަމަށް ޢަލީ ޒައިދު ވަނީ ވިދާޅުވެފަ އެވެ.
"ޔާ ﷲ މި ނުބައި ދެފިކުރުން އަޅަމެންގެ މިކުޑަކުޑަ ރާއްޖެ ސަލާމަތްކުރައްވާށި!"
– ޢަލީ ޒައިދު
ޒައިދުގެ މި ވާހަކަތަކަށް ޓްވިޓާގައި ކޮމެންޓުކުރި މީހަކު ބުނެފައި ވަނީ ފުލުހުންގެ ނޫސް ކޮންފަރެންސުން ހާމަވީ ނަފުރަތުގެ ބިލް ފާސްކުރުމު މުހިއްމުކަން ކަމަށެވެ. މިކަމަށް ޖަވާބުދެއްވަމުން ޒައިދު ވިދާޅުވީ ނަފްރަތުގެ ބިލަށް އިސްލާމިކް މިނިސްޓްރީން ހުށަހެޅި އިސްލާހުތަކާއި އެކު ފާސްކުރަން ވަރަށް ބޮޑަށް ތާޢީދު ކުރައްވާ ކަމަށެވެ. ނަމަވެސް ހިތާމަައަކީ މިނިސްޓްރީގެ އިސްލާހުތަކަށް އެއްވެސް ވަރަކަށް ކޮމިޓީން ނުބައްލަވާ އެކަންކަން ބޮލާލައި ޖެހުން ކަމަށް ޢަލީ ޒައިދު ވިދާޅުވިއެވެ.
Nafrath ge bill islamic ministry in husha elhi islaahaa eku faaskuran alhugandumen v thaaeed. Namaves hithaama aky committee in ehves varakah ministry ge e islaah thakah riaayai kohfa neh kan! Hama seedhaa bolaalaa jehee.
— Ali Zaid (@alizaid1000) July 25, 2021
މޭ މަހުގެ 6 ވަނަ ދުވަހުގެރޭ ދިން ހަމަލާގެ ތަހުގީގުގައި އެނގިފައިވާ ގިނަ ކަންތައްތަކެއްގެ ތަފްސީލް ފުލުހުން ރޭ ދެއްވާފައި ވާއިރު މިތަހުގީގުގެ ތެރެއިން ރާއްޖޭގައި ދީނީ ހަރުކަށިފިކުރު އުފެދި އޭގެ ނުރައްކާ ބޮޑުވެފައި ވާ މިންވަރު ވަރަށް ރަނގަޅަށް ވަނީ ހާމަވެފައެވެ. އެގޮތުން މީހެއްގެ ލޭ ހުއްދަކޮށް އަމިއްލައަށް ނެރޭ ހުކުމްތަކާއި ފަތުވާތަކުގެ އެހީގައި ޖާނުން ފިދާވެގެންވެސް މީހުން މަރާލަން ތައްޔާރަށް ތިބި މީހުން ރާއްޖޭގައި ތިބިކަން ވަނީ ފުލުހުން ރޭގައި އާންމުކުރި ތަފްސީލްތަކުން ހާމަވެފަ އެވެ.
ކޮމެންޓު ފޮނުވާ