އެންމެ އަނދިރި ދައުލަތަކީ ދިވެހި ދައުލަތުގެ ތެރޭގައި ހިންގަމުން އަންނަ ބޭރު ޤައުމެއްގެ ދައުލަތް: އިޙްސާން

އެންމެ އަނދިރި ދައުލަތަކީ ދިވެހި ދައުލަތުގެ ތެރޭގައި ހިންގަމުން އަންނަ ބޭރު ޤައުމެއްގެ ދައުލަތް: އިޙްސާން

ރާއްޖޭގައި މިވަގުތު އޮތް އެންމެ "އަނދިރި ދައުލަތަކީ" ދިވެހި ދައުލަތުގެ ތެރޭގައި ހިންގަމުން އަންނަ ބޭރު ޤައުމުމެއްގެ ދައުލަތްކަމަށް ވިދާޅުވެ ސިފައިންގެ ޚިދުމަތުގައި ގިނަ ދުވަހު ޚިދުމަތްކުރެއްވި ރިޓަޔަރޑް ކެޕްޓަން ޢަލީ އިޙްސާން ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ބޭސްފަރުވާއަށް އިނގިރޭސި ވިލާތުގައި މިވަގުތު ހުންނެވި ރައީސް ނަޝީދު ގެންދަވަނީ ސަރުކާރަށް ތައީދު ނުކުރާކަން މުޅިދުނިޔެއަށް ހާމަކުރައްވަމުންނެވެ. އަދި ރައީސް ޞާލިހަކީވެސް ހަރުކަށި ފިކުރުގެ ބޭފުޅުން ރުހުން ހޯއްދަވާ ބޭފުޅެއްކަމަށް ވިދާޅުވެ ރައީސް ޞާލިހަށްވެސް ނަޝީދު ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. ނަޝީދުގެ އެންމެ ބޮޑު ނުރުހުމެއް އޮތީ ކޯލިޝަންގެ ތެރެއިން އަދާލަތު ޕާޓީއަށެވެ.

ހައްދުފަހަނާއެޅި ފިކުރުން ރާއްޖޭގެ ސަލާމަތަށް ނުރައްކާ ބޮޑުވެފައި ވިޔަސް ސަރުކާރުގެ ތެރޭގައި ‘އަޑީ ދައުލަތެއް’ އޮތް ކަމަށް ރަސްމީ އިދާރާތައް ހިމެނޭ ގޮތުން ކޮށްފައިވާ ތުހުމަތުތަކާއި ގުޅޭގޮތުން އިޙްސާން ވިދާޅުވީ، ރާއްޖޭގައި މިވަގުތު އޮތް އެންމެ "އަނދިރި ދައުލަތަކީ" ދިވެހި ދައުލަތުގެ ތެރޭގައި ހިންގަމުން އަންނަ ބޭރު ޤައުމުމެއްގެ ދައުލަތްކަމަށެވެ. މިކަމުން ސަލާމަތް ނުވެއްޖެނަމަ މުސްތަގުބަލުގައި މިނިވަންކަމުގެ "އަލި" ނުފެނުން ވަރަށް ގާތްކަމަށާއި، މިކަމަށް ފާރަވެރިވެ ފިޔަވަޅު އެޅުމަކީ ޤައުމީ ވާޖިބެއްކަމަށް ނުސީދާކޮށް ރާއްޖޭގެ މައްޗަށް އިންޑިއާއިން ފޯރުވާ ނުފޫޒަށް އިޝާރާތްކުރައްވާ އިޙްސާން ވިދާޅުވިއެވެ.

ރާއްޖޭގައި މިވަގުތު އޮތް އެންމެ "އަނދިރި ދައުލަތަކީ" ދިވެހި ދައުލަތުގެ ތެރޭގައި ހިންގަމުން އަންނަ ބޭރު ޤައުމުމެއްގެ ދައުލަތް. މިކަމުން ސަލާމަތް ނުވެއްޖެނަމަ އަޅުގަނޑުމެންގެ ދަރިންނަށް މިނިވަންކަމުގެ "އަލި" ނުފެނުން ވަރަށް ގާތް. މިކަމަށް ފާރަވެރިވެ ފިޔަވަޅު އެޅުމަކީ ޤައުމީ ވާޖިބެއް!

– ޢަލީ އިޙްސާން

ރާއްޖޭގެ އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ އިމްރާން ވިދާޅުވެފައިވަނީ ފުލުހުންގެ ފަރާތުން މިހާތަނަށް އޭނާއަށް ލިބިވަޑައިގެންފައިވާ އަދި ރާއްޖޭގެ ސަލާމަތީ ކަންކަން އެސެސްކުރަން ހެދި އެއްވެސް ރިޕޯޓެއްގައި ރާއްޖޭގައި އަޑީދައުލަތެއް އޮތް ކަމަކަށް ބުނެފައި ނުވާ ކަމަށެވެ. އަދި ރާއްޖެއަކީ ކުރިއަރަމުން އަންނަ ތަރައްގީ އާއީ ތަހުޒީބާއި ޑިމޮކްރެސީއަށް ލޯބިކުރާ ވެއްޓެއް ގާއިމްވެފައި އޮތް ގައުމެއް ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ރާއްޖެ އަފްގާނިސްތާނާ ހަމައަށް ގެންދަން ނުވާނެ ކަމަށެވެ. އެދިމާއަށް ރާއްޖެ ދަތުރުކުރަމުން ވެސް ނުދާ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

މިނިސްޓަރ އިމްރާން މިހެން ވިދާޅުވި ނަމަވެސް ހަރުކަށި ފިކުރުގެ ހަރަކާތްތައް ހިންގާ އަދި މީހުން މަރަން ފަސްނުޖެހޭ 1400 އެއްހާ މީހުން ދޫވެފައި ތިބިކަމަށް ކަމާއި ބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

One Response

  1. އެ 1400 މީހުން ހައްޔަރުކޮށްފަ ވަކި ރަށެއްގަ ބައިތިއްބާ. އެރަށް ސިފައިން ބަލަހައްޓަވާ.

Leave a Reply

Your email address will not be published. Required fields are marked *