ރަށުގެ 60 ޕަސެންޓް ވެކްސިން ޖަހާފައިވާނާމަ، ގެސްޓްހައުސް ޗެކިންއަށް ބޮޑު ލުޔެއް

ރަށުގެ 60 ޕަސެންޓް ވެކްސިން ޖަހާފައިވާނާމަ، ގެސްޓްހައުސް ޗެކިންއަށް ބޮޑު ލުޔެއް

ގުޅުންހުރި

ޖުލައި 26 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުން އަންނަ ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކް-އިން ވުމާ ގުޅޭގޮތުން އެޗްޕީއޭ އިން އަމަލު ކުރަމުން އަންނަ އުސޫލަށް ބަދަލު ގެނެސްފިއެވެ.

އެޗްޕީއޭއިން މިރޭ އާންމުކުރި އުސޫލުގައި ބުނެފައިވަނީ ރަށުގައި ދިރިއުޅޭ އާބާދީގެ 60 ޕަސެންޓް އަށް ވެކްސިން ޑޯޒްތައް ފުރިހަމަވުމުން ކޯވިޑް-19 ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަނުވާ ފަތުރުވެރިންނަށް ގެސްޓްހައުސްތަކަށް ޗެކް-އިން ވުމުގެ ފުރުސަތު ދިނުމަށް ނިންމާ އައު އުސޫލެއް އެކުލަވާލައިފިއެވެ.

މިހާތަނަށް އެޗްޕީއޭ އިން ހަމަޖައްސާފައި އޮތީ ދެކުނު އޭޝިއާގެ ގައުމުތަކުން އަންނަ ފަތުރުވެރިންނަށް ގެސްޓްހައުސްތަކަށް ނާދެވޭނެ ކަމަށް ހަމަޖައްސާފައެވެ. ގެސްޓްހައުސްތަކަށް ޗެކް-އިން ކުރާ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަތުރުވެރިންނާއެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިންނަށް ޗެކް-އިން ވެވޭނެއެވެ.

ވެކްސިން ފުރިހަމަ ކޮށްފައި ވިޔަސް ރާއްޖެއަށް އެތެރެވާއިރު 72 (ހަތްދިހަ ދޭއް) ގަޑިއިރު ނުވާ ނައްސި ޕީސީއާރް ނަތީޖާއެއް އޮންނަން ޖެހޭނެއެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކުން ފަތުރުވެރިން ޗެކް-އައުޓް ވާއިރު ވެސް ނެގެޓިވް ޕީސީއާރު ނަތީޖާއެއް އޮންނަން ޖެހޭނެއެވެ.

ރަށުގައި ދިރިއުޅޭ އާބާދީގެ %60 އަށް ވެކްސިން ޑޯޒްތައް ފުރިހަމަވެފައިވާނަމަ ވެކްސިން ފުރިހަމަ ނުވާ ފަތުރުވެރިންނަށް ވެސް އެރަށްރަށުގެ ގެސްޓްހައުސްތަކަށް އާދެވޭނެއެވެ. ނަމަވެސް ރަށުގައި ފަތުރުވެރިންނަށް ޚިދުމަތްދިނުމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ހިމެނޭގޮތަށް %95 މީހުންނަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައި ހުންނަން ޖެހޭނެއެވެ. ރަށުގައި ދިރިއުޅޭ 65 (ފަސްދޮޅަސް ފަހެއް) އަހަރުން މަތީގެ އާބާދީގެ %90 މީހުން ވެކްސިން ޑޯޒްތައް ފުރިހަމަ ކޮށްފައި ހުންނަން ޖެހެނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ