ރައީސް ނަޝީދު ޢީދު ތަހުނިތާ ފޮނުވީ ފިޔާތޮށި މަލަކުން!

ރައީސް ނަޝީދު ޢީދު ތަހުނިތާ ފޮނުވީ ފިޔާތޮށި މަލަކުން!

Author
މުޙައްމަދު ޝަޒައިމް
21 ޖުލައި 2021 09:15
0

ބަރަކާތްތެރި އަޟްޙާ އީދުގެ ތަހުނިޔާ ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ފޮނުވާފައެވެ.

އެކި މުނާސަބަތުތައް ފާހަގަކުރާއިރު ރައީސް ނަޝީދު ދިވެހި ރައްޔިތުންނަށް އަބަދުވެސް ތަހުނިޔާ ފޮނުވައެވެ. އަދި މޭމަހުގެ 6 ވަނަ ދުވަހުގެރޭ ރައީސް ނަޝީދުގެ ފުރާނައަށް އަމާޒުކޮށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް މިވަގުތު ހުންނެވީ އިނގިރޭސި ވިލާތުގައެވެ. ހަމަލާއާއި ގުޅިގެން ތަހުގީގް ކުރިއަށްދާ ގޮތާ، އަދި ސަރުކާރުން މަޖިލީހަށް ހުށަހެޅި ނަފްރަތު ބިލަށް ސަރުކާރުން ތާއީދު ނުކުރުމުން ރައީސް ނަޝީދާއި ސަރުކާރާއި ވަނީ ވަރަށް ބޮޑު ނުތަނަވަސް ކަމެއް އުފެދިފައެވެ.

ރައީސް ނަޝީދުގެ ނުރުހުން ސަރުކާރަށް އޮތްއިރު، ތަކުރާރުކޮށް މިހާރު ގެންދަަނީ ރައީސް ޔާމީނާއި، ޕީޕީއެމްއާއިއެކު ކުރިއަށް ދިއުމަކީ ޤައުމަށް މިވަގުތު އޮތް އެންމެ ރަނގަޅު ގޮތްކަމަށް ވިދާޅުވަމުންނެވެ. މިގޮތުން، އެމްޑިޕީގެ އެތެރޭގައި ބައިބައިވުން އުފެދި، އަދި އެޕާޓީގެ ވެރިންގެ މެދުގައި ބޮޑު ޚިޔާލު ތަފާތުވުންތަކެއް އޮއްވައި ކުރިމަތިވި އަޟްޙާ އީދުގެ ތަހުނިޔާވެސް ރައީސް ނަޝީދު ފޮނުއްވީ މާނަފުން މެސެޖެއް ދޭހަވާނެ ގޮތަކަށެވެ.

ރައީސް ނަޝީދުގެ ކުރު ޢީދުގެ ތަހުނިޔާގެ މެސެޖުގައި ވިދާޅުވީ ބޮޑު އީދުގެ ތަހުނިޔާ އެންމެހައި ބޭފުޅުންނަށް އަރިސް ކުރައްވާކަމަށެވެ. އަދި ޢީދުގެ ތަހުނިޔާ ފޮނުއްވި މެސެޖުގައި ބޭނުން ކުރައްވާފައިނީ މީގެ ކުރިން އެކި މުނާސަބަތު ތަކުގައި ބޭނުން ނުކުރާ ފިޔާތޮށި ކުލައިގެ މަލެކެވެ.

ރައީސް ޔާމީނާއި، ޕީޕީއެމްއާއިއެކު ކުރިއަށް ދިއުމަކީ ޤައުމަށް މިވަގުތު އޮތް އެންމެ ރަނގަޅު ގޮތްކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވެފައިވަނީ ޕީޕީއެމަށް ބަދަލުތަކެއް ގެންނަށް ޖެހޭ ކަމަށް ގަބޫލު ކުރައްވާކަމަށެވެ. އެ ބަދަލުތަކަކީ “އިންޑިއާ އައުޓް” ގެ ފަލްސަފާ އާއި ދުރު އަދި “ހިސާން” ބިލަށް ތާއީދު ކުރާ ކުރާ، މިއުޒިކަށް ވެސް އެބަސްވާ ބަދަލުތަކެއް ކަމަށެވެ.

އެ ބަދަލުތަކާއެކު ސަރުކާރު ހިންގަން އިދިކޮޅު ޕާޓީ އާއި އެއްބަސް ވެވޭ އެމްޑީޕީ – ޕީޕީއެމް އިއްތިހާދެއް އުފައްދަން ރައީސް ޔާމީންގެ އެހީތެރިކަމަށް އެދެން ޖެހޭ ކަމަށް ވެސް ރައީސް ނަޝީދުވަނީ ތަކުރާރު ކުރެއްވާފައެވެ. އަދި އެ މެސެޖް ނިންމަވާ ލަމުން ރައީސް ނަޝީދު މެސެޖުގައި ވިދާޅުވެފައި ވަނީ ރާއްޖެ އަށާއި އެމްޑީޕީއަށް އެންމެ ރަނގަޅު ގޮތަކީ ރައީސް ޔާމީންގެ އެހީތެރިކަން ހޯދުން ކަމަށެވެ.

އެމްޑީޕީގެ ޓިކެޓްގައި ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ނަޝީދުގެ އެންމެ ގާތް އެކުވެރިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއިއެކު ސިޔާސީ މަސައްކަތް ކުރެވެން ނެތް ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ. އަދި އޭގެ ފަހުން ތަކުރާރުކޮށް ގެންދަވަނީ ޔާމީނާއިއެކު ސިޔާސީ މަސައްކަތް ކުރައްވަން ޝައުގުވެރިކަން ފާޅުކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ތ ތުއްތުނާ
ތިހުރީ ހަމަ ރަގަޅަށް ހޭބުއްދި ފިލާފަ ޔޫކޭގަ ހުރީމަ ކަންނޭގެ ރާއްޖެ އައިމަ ރަގަޅުޥާނެ ކަމަށް ހީކުރަން. ބޮވޭ ޖޫހެއްގެ ސަބަބުން ވާގޮތެއް ކަންނޭގެ