ސައުދީ އަރަބިއާގެ ރައްޔިތުންނަށް މިއަހަރުގެ އޮގްސްޓް 9 އަކަށްފަހު ގައުމުން ބޭރަށް ދަތުރު ކުރެވޭނީ، ކޯވިޑް19 ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރުމަށްފަހު ކަމަށް، އެގައުމުެގ އިންޓީރިއަރ މިނިސްޓްރީން ހޯމަ ދުވަހު ހާމަ ކުރައްވައިވފިއެވެ.
ސައުދީ ސަރުކާރުން އަލަށް އިއުލާންކުރި މި އުސޫލްގެ ތެރެއަށް 12 އަހަރުގެ ކުޑަކުދިން ހިމަނާފައި ނުވި ނަމަވެސް، ކުޑަކުދިންނަށް ވެސް ދަތުރު ކުރެވޭނީ އެކުދިންގެ ޓްރަވެކް އިންސޫރަންސްއިން ކޯވިޑް19އާއި ގުޅުންހުރި ޚަރަދުތައް ކަވަރު ކުރުމާއެކު، ސެންޓްރަކް ބޭންކް އޮފް ސައުދީ އަރަބިއާއިން މި ޕޮލިސީ ބަލާ ހުއްދިނުމަށްފަހު އެވެ.
އެހެންނަމަވެސް، ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި ކޯވިޑް19އަށް ޕޮޒިޓިވް ވެފައިވާ މީހުންނާއި ބައްޔަށް ޕޮޒިޓިވްވެ އަދި ވެކްސިންގެ އެއް ޑޯޒް ޖަހާފައިވާ މީހުން މި އުސޫލުގެ ތެރެއިން އިސްތިސްނާ ކޮށްފައި ވެއެވެ.
ސައުދީ ސަރުކާރުން ނިންމާފައިވާ މި ނިންމުން ނިންމާފައިވަނީ، މުޅި ދުނިޔޭގައި އަންނަމުންދާ މި ވައިރަހުގެ ރާޅުތަކާއި، އަލަށް ފެންނަމުންދާ މިއުޓޭޝަންތަކާއި، އަދި ވެކްސިންގެ އެއް ޑޯޒްއިން މިވެކްސިންތަކުން ރައްކާތެރިކޮށްދޭ މިންވަރުގެ މައްޗަށްވެސް ބެލުމަށްފަހު ކަމަށް އިންނޓީރިއަރ މިނިސްޓްރީން ބުނެފައި ވެއެވެ.
ސައުދީ އަރަބިއާގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ މިހާތަނަށް އެގައުމުގަ 20 މިލިއަނަށްވުރެ ގިނަ ޑޯޒްގެ ވެކްސިން ދީފައިވާ ކަމަށެވެ.
އަދި ބެލެވޭގޮތުގައި ހޯމަދުވަހު ސައުދީ ސަރުކާރުން އިއުލާންކުރި އާއުސޫލުގެ ނަތީޖާއެއްގެ ގޮތުން ދެ ޑޯޒް ފުރިހަމަ ކޮށްފައި ތިބޭ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެގެން ދާނެއެވެ.
ކޮމެންޓު ފޮނުވާ