ފްރާސްގް ރައީސް މެކްރޮންއަކީ އިސްލާމްދީނަށް ނަފްރަތުކުރާ ސިކުޑީގެ ބަލިމަޑުކަމަށް ބޭސްކުރަންޖެހިފައިވާ މީހެއްކަމަށް ތުރުކީގެ ރައީސް އެރެދޮގާން ވިދާލުވުމާއިއެކު، އެކަމާ ހިންހަމަ ނުޖެހުން ފާޅުކޮށް، ތުރުކީގައި ހުންނަވާ ފްރާންސްގެ އެމްބެސެޑަރ އެބުރި ގައުމަށް ވަޑައިގަންނަވާގޮތަށް އެގައުމުން ނިންމައިފިއެވެ.
ފްރާންސްއިން މިގޮތަށް ނިންމާފައިވަނީ، މުސްލިމުންނާއި ދެކޮޅަށް ފްރާންސްގެ ރައީސް ދައްކަވަމުން ގެންދަވާ ވާހަކަތަކާއިމެދު ހިންހަމަ ޖެހިވަޑައިނުގެން ތުރުކީގެ ރައީސް ފާޑުވުދާޅުވިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައެވެ.
މިކަމާއިގުޅިގެން ފްރާންސްގެ ސަރުކާރުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ތުރުކީގެ ވެރިންނަށް ރައްދުދީ އެކަކު އަނެކަކު ބަދުނާމުކުރުމުގެ ބޭނުމެއްއޮތްކަމަށް އެގައުމުން ނުދެކޭކަމަށެވެ. އަދި ބުނެފައިވަނީ ރުޅިވެރިކަމާއި، ބަދުނާމުކުރުމަކީ އެގައުމުން ގަބޫލު ކުރާ އުސޫލެއް ނޫންކަމުގައެވެ.
މި ހަފްތާގެ ހޮނިހިރު ދުވަހު، ތުރުކީގެ ސިޓީއެއްކަމުގައިވާ ކޭސެރީގައި ބޭއްވުނު އެގައުމުގެ ވެރިކަން ކުރަމުންދާ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް ޕާޓީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެރެދޮގާން ވިދާޅުވެފައިވަނީ، އެތައް މިލިއަން މުސްލުންނާއި ދޭތެރޭ މެކްރޮމް ހިންހަމަޖެހިވަޑައި ނުގެން އުޅުއްވާ ސަބަބެއް ވިސްނިވަޑައި ނުގަންނަވާކަމަށެވެ. އަދި ވިދާޅުވެފައިވަނީ ފްރާންސްގެ ރައީސަކީ ދިނީ މިނިވަންކަމަކީ ކޮބައިކަން އެގިވަޑައި ނުގަންނަވާ ވެރިއެއްކަމުގައެވެ. އަދި އެއީ ސިކުޑީގެ ބަލިމަޑުކަމަށް ބޭސްކުރަންޖެހިފައިވާ ބެފުޅެއްގެ ގޮތުގައިވެސް އެރެދޮގާންވަނީ ސިފަ ކުރައްވާފައެވެ.
ތުރުކީގެ ރައީސް އެރެދޮގާން ފްރާންސްގެ ރައީސަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި މިވަނީ ދާދިފަހުން ފްރާންސްގައި ދީނީގޮތުން ހައްދުފަހަނަ އަޅާދިއުމާއި ދެކޮޅަށް ހަގުރާމަ ކުރައްވާނެކަމަށް ވިދާޅުވެ ދައްކަވާފައިވާ ވާހަކައަކާއި ގުޅިގެންނެވެ. މެކްރޮމް ވިދާޅުވެފައިވަނީ މުޅި ދުނިޔޭގައި ދިނީގޮތުން ހައަދުފަހަނަ އަޅާދިއުން އިތުރުވަމުންދިއުން ދައްކުވައިދެނީ އިސްލާމްދީނަކީ ކާރިސާއެއްގެ ތެރޭގައި އޮތް ދީނެއްކަމެވެ. އަދި މެކްރޮމްވަނީ ފްރާންސްއިން ދީނީގޮތުން ހައްދުފަހަނައަޅާދިއުން ނައްތަވާލައްވާނެކަމަށް ތަކުރާރުކޮށް ވައުދު ވެވަޑައިގެންފައެވެ.
މެކްރޮމް މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ، އެގައުމުގެ ސްކޫލް ޓީޗަރަކު ފްރާންސްގެ ރަށްބޭރުގައި މިމަހުގެ 16 ވަނަ ދުވަހު ގަތުލު ކުރުމާއި ގުޅިގެންނެވެ. ޚަބަރު ލިބިފައިވާ ގޮތުގައި މި ޓީޗަރު ގަތުލުކޮށްފައިވަނީ ޗެޗްނިއާއިން އެގައުމަށް ހިޖުރަ ކޮށްފައިވާ ރެފިއުޖީއެކެވެ. އޭނާ މި ޓީޗަރު ގަތުލު ކޮށްފައިވަނީ، ޓީޗަރު ކިޔަވާދެމުންދާ ސްކޫލުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ކީރިތި ރަސޫލާގެ ކާޓޫނު ދަރިވަރުންނަށް ދައްކާ ހެދުމުން އެކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. މެކްރޮމްވަނީ މިއަމަލު ހަރުކަށި އިބާރާތުން ކުއްވެރިކޮށްފައެވެ. އަދި މިއީ 'އިސްލާމިކް ޓެރަރިސްޓް' ހަމަލާއެއްގެ ގޮތުގައި ސިފަކޮށް، ޓެރަރިޒަމާއި ދެކޮޅަށް ފްރާންސްގެ ރައްޔިތުން އެއްބައިވެ ތިބުމަށްވެސް އޭނާ ވަނީ ގޮވާލައްވާފައެވެ.
ކޮމެންޓު ފޮނުވާ