އެތުލެޓިކޯ މޮޅުވެ ދެވަނައަށް

އެތުލެޓިކޯ މޮޅުވެ ދެވަނައަށް

Author
އިބްރާހީމް ސާޢިދު
25 އޮކްޓޯބަރ 2020 09:47
0

ސްޕެނިޝް ލަލީގާގައި ރޭ އެތުލެޓިކޯ މެޑްރިޑް އެޓީމު ކުޅުނު މެޗު ކާމިޔާބުކޮށް ތާވަލުގެ ދެވަނައަށް ކުރިޔަށްޖެހިލާފިއެވެ. އެތުލެޓިކޯ މޮޅުވީ ރެއާލް ބެޓިސްއާ ވާދަކޮށް 2-0 ލަނޑުންނެވެ.

ދެވަނަހާފްގައި ލަނޑުތައް ފެނުނު މެޗުގައި ފުރަތަމަ ލަނޑު ދެވަނަ ހާފްގައި ފުރަތަމަ މިނިޓުގައި ކާމިޔާބުކުރީ މާކޯސް ލޮރެންޓޭއެވެ. އެތުލިޓިކޯގެ ދެވަނަލަނޑު މެޗުގެ އިތުރުވަގުތު ތެރޭގައި ކާމިޔާބުކޮއްދިނީ ލުއިސް ސުވަރޭޒްއެވެ. މިމެޗުގެ ދެވަނަ ހާފްގައި ރެއާލް ބެޓިސްގެ މާޓިން މޮންޓޯޔާއަށް ވަނީ ރަތްކާޑުދައްކާ ދަނޑުން ފޮނުވާލާފައެވެ.

ރޭގައި ލަލީގާގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އެލްޗޭ ވަނީ ވެލެންސިޔާގެ މައްޗަށް 2-1 ލަނޑުން ކުރިހޯދާފަ. އޮސަސޫނާއިން 1-0 ލަނޑުން އެތުލިޓިކޯ ބިލްބާއޯ ބަލިކުރިއިރު އެއިބާއިން ވަނީ ސެވިއްޔާގެ މައްޗަށް 1-0 ލަނޑުން ކުރިހޯދާފައެވެ.

މި ނަތީޖާ އެކު ރެއާލް މެޑްރިޑުން ރޭގައި ބާސާ މައްޗަށް ކުރި ހޯދާ ލީގުގައި ކުރީގަ އޮތީ 13 ޕޮއިންޓް ހޯދައިގެންނެވެ. ރޭގައި ހޯދި މޮޅާއެކު އެތުލިޓިކޯ މެޑްރިޑު ވަނީ 11 ޕޮއިންޓާއެކު ތާވަލުގެ ދެވަނައަށް ކުރިޔަށްޖެހިލާފައެވެ. ހަމަ މިއަދަދަޕޮއިންޓް ރެއާލް ސޮސެއިޑާޑް އާއި ވިޔަރެއާލް ހޯދާފަ ވާއިރު ތިންވަނަ ސޮސެއިޑާޑް އަށް ލިބެނީ ލަނޑުގެ ތާފާތުންނެވެ. ހަތަރުވަނައިގަ އޮތީ ވިޔަރެއާލްއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.