ސާމްޕަލް ހަދާ ނިސްބަތް އިރުވެއްޖެ، ނަތީޖާ ލިބުން ލަސްވެދާނެ: އެޗްޕީއޭ

ސާމްޕަލް ހަދާ ނިސްބަތް އިރުވެއްޖެ، ނަތީޖާ ލިބުން ލަސްވެދާނެ: އެޗްޕީއޭ

ގުޅުންހުރި

ރަށްރަށަށް ދާން ބޭނުންވެގެން ގިނަ ބަޔަކު ކޯވިޑް-19 އަށް ޓެސްޓް ކުރަމުން އަންނާތީ މިވަގުތު ނަތީޖާ ލިބުމުގައި ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ރަށްރަށަށް ދަތުރުކުރުމުގައި ގިނަ ފަރާތްތަކެއް ޕީ.ސީ.އާރ ޓެސްޓު ހަދަމުންދާ ކަމަށްޓަކައި މި ވަގުތު ޓެސްޓު ކުރަންޖެހޭ ސާމްޕަލްތައް ވަނީ ވަރަށް ބޮޑުތަން އިތުރުވެފައިވާކަމަށެވެ. އެހެންކަމުން ޓެސްޓުގެ ނަތީޖާ ލިބުން ލަސްވުން އެކަށީގެންވާ ކަމުގައި އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އަދި ޓެސްޓުކުރުމުގައި ކޯވިޑް-19 ގެ އަލާމާތްތައް ހުރެގެން ނަގާ ސާމްޕަލްތަކާއި ޑައިރެކްޓް ކޮންޓެކްޓުންގެ ސާމްޕަލްތައް ޓެސްޓުކުރުމަށް އިސްކަންދެވޭނެކަމުގައިވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

ވެކްސިން ފުރިހަމަކޮށް 14 ދުވަސްވުމުން، ނެގެޓިވް ޕީސީއާރު ޓެސްޓަކާ އެކު ރަށްރަށަށް ދެވޭ ގޮތަށް ގެނައި އުސޫލުގެ ދަށުން ކަރަންޓީނު ނުވާ ގޮތަށް ދެވޭނީ ފަސް ޕަސެންޓަށް ވުރެ ޕޮޒިޓިވިޓީ ރޭޓް ފަހަކަށް ވުރެ ދަށް ނަމައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ