ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން ބަލަހައްޓާ ފިޔަވތިން މިހާތަނަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދު 38 އަށް އަރައިފިއެވެ.
މިރޭ ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ޕްރެސްކޮންފަރެންސްގައި ޑރ.ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވީ ފިޔަވަތިން ޕިޒިޓިވްވި 38 މީހުންގެ ތެރޭގައި ހިމެނެނީ އެތަނުގެ 20 މުވައްޒަފުންނާއި 18 ކުދިންކަމަށެވެ. އަދި ޕޮޒިޓިވްވި މީހުންނާއި ގުލިގެން ކޮންޓެކްޓުންގެ ގޮތުގައި 80 މީހަކު ފާހަގަކުރެވިފައި ވާކަމަށާއި، އެމީހުންގެ ތެރެއިން އަލާމަތްތައް ހުރެގެން ޓެސްތްކުރި 2 މީހަކު މިއަދު ޕޮޒިޓިވްވެފައިވާކަމަށްވެސް ޑޮކްޓަރ ނަޒްލާ ވިދާޅުވިއެވެ.
ފިޔަވަތިން ޕޮޒިޓިވްވި އެންމެގެ ހާލުވެސް ރަނގަޅުކަމަށް ޖެންޑަރ މިނިސްޓްރީން ވަނީ ބުނެފައެވެ. ފިޔަވަތިން ކޯވިޑް-19ގެ ކޭސް ތަކެއް ފެނިފައިވަނީ މިދިޔަމަހުގެ 30ވަނަ ދުވަހުއެވެ. އެއާއެކު އެޗް.ޕީ.އޭގެ އިރުޝާދާއެކު، އެތަނުގައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާކަމަށް ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގަމުންދާ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއިން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ