އޭޕްރީލްމަހު ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް މިހާރު ދެވަނަ ޑޯޒް ޖެހޭނެ

އޭޕްރީލްމަހު ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް މިހާރު ދެވަނަ ޑޯޒް ޖެހޭނެ

އޭޕްރީލްމަހު ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް މިހާރު ދެވަނަ ޑޯޒް ޖެހޭނެ ކަމުގައި ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެ އެޖެންސީން ވިދާޅުވީ، މިދިޔަ އޭޕްރީލްމަހު ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ މީހުންނަށް، ދެވަނަ ޑޯޒް ޖެހުމަށް މިހާރު އެޕޮއިންޓްމަންޓް ހެއްދޭނެކަމަށެވެ. ގާތްގަނޑަކަށް 2 މަސް ދުވަހުގެ މެދުކެނޑުމަކަށްފަހު ރާއްޖޭގައި ކޮވިޝީލްޑް ވެކްސިން އަލުން ޖަހަން ފަށާފައިވަނީ މިމަހުގެ 4 ވަނަ ދުވަހުއެވެ. މިފަހަރު މި މަސައްކަތް އެޗް.ޕީ.އޭއިން ކުރިއަށްގެންދަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. ކޮވިޝީލްޑް ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ދޫކުރުމަށް ނިންމާފައިވަނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން، ކުރިން ވެކްސިން ޖެހި މީހުންނަށް އިސްކަންދީގެންނެވެ. އެގޮތުން ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖެހުމަށް ފުރަތަމަ ހުޅުވާލީ މިއަހަރުގެ ފެބްރުއަރީ އަދި މާރިޗުމަހުގެ ތެރޭގައި ވެކްސިން ޖެހި މީހުންނަށެވެ. އެޗް.ޕީ.އޭއިން ވިދާޅުވީ، މިހާރު އޭޕްރީލްމަހު ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށްވެސް ދެވަނަ ޑޯޒް ޖެހޭނެކަމަށެވެ.

އެގޮތުން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް book.hpa.gov.mv އަށް ދިއުމަށްފަހު މީހާއާއި ބެހޭ މަޢުލޫމާތު ފުރިހަމަކުރުމަށްފަހު އެޕޮއިންޓްމަންޓް ބޭނުންވާ ތާރީޚާއި ގަޑި އިޚްތިޔާރުކުރެވޭނެ ކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެއެވެ. އަދި އެޕޮއިންޓްމަންޓް ހަމަޖެހުމުން އެސް.އެމް.އެސް މެދުވެރިކޮށް އެކަން އަންގާނެކަމަށާއި، ފޯނަށް ލިބޭ އެސް.އެމް.އެސް ވެކްސިން ސެންޓަރަށް ދަންކަންޖެހޭނެކަމަށްވެސް އެ އެޖެންސީން ވިދާޅުވެއެވެ.

ހަމަޖެހިފައިވާ އެޕޮއިންޓްމަންޓް ގަޑީގެ 15 މިނެޓް ކުރިން ވެކްސިން ސެންޓަރަށް ދިއުމަށް ސަމާލުވުމަށް އެޗް.ޕީ.އޭއިން ވަނީ އެދިފައެވެ. އަދި ގަޑިއަށް ހާޒިރުނުވެއްޖެނަމަ އެޕޮއިންޓްމަންޓް ކެންސަލްވާނެކަމަށާއި، އަލުން އެހެން ދުވަހަކަށް އެޕޮއިންޓްމަންޓް ހަދަންޖެހޭނެކަމަށްވެސް އެ އެޖެންސީން ވިދާޅުވެފައިވެއެވެ.

ކޮވިޝީލްޑް ވެކްސިނަކީ އޮކްސްފޯޑް ޔުނިވަރސިޓީއާއި އެސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ވެކްސިންގެ ފޯމިއުލާއާ އެއްގޮތަށް ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ، އެސް.އައި.އައިއިން ތައްޔާރުކޮށް އުފައްދާ ވެކްސިނެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *