ނާޒިމް އުފައްދާ ޕާޓީއަށް ޕީޕީއެމްގެ ބޮޑެތި ފާޑުކިޔުން

ނާޒިމް އުފައްދާ ޕާޓީއަށް ޕީޕީއެމްގެ ބޮޑެތި ފާޑުކިޔުން

Author
މުޙައްމަދު ޝަޒައިމް
13 ޖުލައި 2021 03:42
0

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ނާޒިމް އިސްކޮށް ހުންނަވައިގެން އުފައްދަވާ ސިޔާސީ ޕާޓީއަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޮޑެތި ފާޑުކިޔުންތަކެއް އަމަޒުވެއްޖެއެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ނާޒިމް އިސްކޮށް ހުންވައިގެން އުފައްދަވަ ސިޔާސީ ޕާޓީއަކީ އެއްވެސް މަގުސަދެއް އޮވެގެން އުފައްދާ ޕާޓީއެއްކަމަށް ނުފެންނަކަމަށެވެ. މިޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންނަކީ މިހާރު ތިއްބެވި ޕާޓީއަށް އިހުލާސްތެރިކަމެއް ނެތްބަޔަކަށްވާއިރު، އަމިއްލަ އަށް ޕާޓީއެއް ހަދައިގެން އިހުލާސްތެރިވެވޭ ގޮތެއް ނުފެންނަ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ކާނަލް ނާޒިމާއި ރިޔާޒާ ދެ ބޭފުޅުންނަކީ ރައީސް ސޯލިހްގެ ވަރަށް އަރިސް ދެ ބޭފުޅުންނެވެ. ސަރުކާރާއެކު ބައެއް ވިޔަފާރީތައްވެސް އެ މެމްބަރުން ކުރައްވަމުންދާ ކަމަށް ޝިޔާމް ވިދާޅުވެއެވެ. އަދި މިއީ އެމްޑީޕީީގެ ޕްރައިމަރީ ޓިކެޓު ނުލިބެއްޖެ ނަމަ އަންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށްޓަކައި ރައީސް ސޯލިހް އުފައްދަވާ ޕާޓީއެއް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.

ކާނަލް ނާޒިމް އުފައްދަވާ ޕާޓީއަށް މެމްބަރުން ހޯދުމަށް ނިކުމެ ރައްޔިތުން ކައިރީ މިފަދަ ވާހަކަތައް ދައްކަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާކަން ޝިޔާމް ފާހަގަކުރެއްވިއެވެ. ނަމަވެސް އެ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ބުނެ، ޝިޔާމް ވަނީ ނާޒިމް ފަށައިގެން އުޅޭ ސިޔާސީ ހަރަކާތުގެ ސަބަބުން ރައީސް ޔާމިނަށް އެއްވެސް ގުޅުމެއް ނުވާކަމަށް ވިދާޅުވެފައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނަ ގޮތުން ޕާޓީއެއް އުފެއްދޭނީ މަދުވެގެން 3،000 މެންބަރުންގެ ސޮއި އީސީއަށް ހުށަހަޅައިގެންނެވެ. އޭރުން ޕާޓީ ރަޖިސްޓްރީ ކުރުމުގެ ޖަލްސާ ބާއްވަން އީސީއިން ހުއްދަ ދޭނެއެވެ. އެ ޖަލްސާގައި މަދުވެގެން 300 މެންބަރުން ބައިވެރިވާން ޖެހޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ރ ރަންބުސްތާން
ނާޒިމު ރިޔާޒުރަޝީދު ކޮންކަމެއްތޯ ގައުމަޝާއިރައްޔިތުއްނައް ކޮއްދޭނީ އަދިކޮއްދެވޭނީ ދައްނަވާލަންތޯ މިދެބޭކަލުންނަކީ ނުހަނުއިޙުލާސްތެރިކަމާއެކު ގައުމަށާއި ރައްޔަތުއްނައް ހަރާންކޯރުވެ ގައްދާރުވެފަ ތިބިދެބޭކަލުން އަދިވެސް ގައުމާއިރައްޔިތުން މިއުޅެނީއެކަމުން އަރާނުގަނެވިގެއް
ނާޒިމު ރިޔާޒުރަޝީދު ކޮންކަމެއްތޯ ގައުމަޝާއިރައްޔިތުއްނައް ކޮއްދޭނީ އަދިކޮއްދެވޭނީ ދައްނަވާލަންތޯ މިދެބޭކަލުންނަކީ ނުހަނުއިޙުލާސްތެރިކަމާއެކު ގައުމަށާއި ރައްޔަތުއްނައް ހަރާންކޯރުވެ ގައްދާރުވެފަ ތިބިދެބޭކަލުން އަދިވެސް ގައުމާއިރައްޔިތުން މިއުޅެނީއެކަމުން އަރާނުގަނެވިގެއް
ރ ރަންބުސްތާން
ނާޒިމު އަދިރިޔާޒު މިދެމީހުން ޕާޓީއުފައްދައިގެންކޮންކަމެއްތޯ ރައގަޅައްކޮއްދެވޭނީ އަދިކޮއްދޭނީ މިދެމީހުއްނަކީކުރީގަވެސް ގައުމަށާއިރައްޔިތުންނަށް ނުހަނުއިޙުލާސްތެރިކަމާއިއެކު ގަ އްދާރުވެ އަދިހަރާންކޯރުވެފަ ތިބިދެބޭކަލުން ގައުމުމިއޮތީއަދިވެސްއެއަދަވަޅުންއަރާނުގަނެވިފަ
މ މޫސަ
ރައީސްސޯލިހު ކިތަންމެއަރިސް ވިއަސްނާޒިމާއި ރިޔާޒުގެ އަމިއްލަވެރިކަމަކަށްނުވާނެ ނޫންތަ ކޮއްމެމީހަކުވެސް ބޭނުންވަނީ އަމިއްލަވެރިކަމެއް މިދެމީހުންނަކީ ނަޟީދުވެރިކަމުގގައި ބަޢާވަތްކުރަން ނުކުތް ދެމީހުން މިފަދަޚިޔާނަތްތެރިން ޕާޓީއެއްހެދިއަސް ރައީސްކަމެއްލިބުނަސް އެހެނމީހުނަކަށްއުފަލެއް ނޯންނާނެ މިފަދަ ޚާއިނުންނަށް ދުނިޔެމަތީގައިވެސް އޮތީގެއްލުން މިފަދަނުބައިމީހުންގެ ކިބައިން ﷲ އަޅަމެންރައްކާތެރިކުރައްވާށި. ޢާމީން.