20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު ގޭގައި ހުރުމަށް ހުއްދަ ދީފައިވަނީ އޭނާ ނިދުމުގައި މައްސަލަތަކެއް ހުރުމުންކަމަށާއި، އެގޮތުން ޚާއްޞާ މެޝިނެއް ބޭނުން ކުރަންޖެހޭތީކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ޕްރޮގްރާމެއްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ އަދީބު ނިދުމުގައި މައްސަލަތަކެއް ފާހަގަ ކުރެވިފައިވަނީ ޖަލު ތެރެއަށް ވެއްޓި ނިތްކުރި ދުޅަވުމަށްފަހު ދިމާވި މައްސަލަތަކެއްގައިކަމަށް ޑޮކްޓަރުން ދޫކޯށްފައިވާ ލިޔެކިއުމުން އެނގޭކަމަށެވެ. އެގޮތުން އަދީބު ނިދުމުގައި މައްސަލަތަކެއް ހުރުމުން އޭނާ ނިދުމުގައި ޚާއްޞަ މެޝިނެއް ބޭނުންކުރުމަށް ޑޮކްޓަރުންލަފާދެއްވާފައިވާތީ އެމެޝިނަކީ ޖަލުގައި ބަހައްޓައިގެން ބޭނުންކުރެވޭނެ މެޝިނަކަށްވެސް ނުވާތީކަމަށެވެ. އެހެންކަމުން އަދީބު ގޭ ބަންދަށް ބަދަލުކުރީ އެހުރިހާ ކަމަކަށް ރިޔާއަތްކޮށްކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
ޑޮކްޓަރު ދެއްވާފައިވޭ ވަކި މެޝިނެއް ބޭނުންކޮށްގެން އަދީބު ނިދުމަށް. އެމެޝިނަކީ ޖަލުގެ ތެރޭގައި ބޭނުންކުރެވޭގޮތަށް ހުރި މެޝިނެއް ނޫންކަމަށްވަނީ. ގޭގަ އެމެޝިން ޤާއިމްކުރެވިފައި ހުރިކަމަށްވަނީ.. އެކަމަށް ރިޔާއަތްކޮށް އަދީބު ގޭގައި ހުރުމަށް ހުއްދަ ދެއްވާފައިވަނީ.
-ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅިގެން އަދީބު މައްޗަށް ދައުލަތުން އުފުލި 7 ދައުވާ ވަނީ ސާބިތުވެ 20 އަހަރަށް ޖަލަށްލާން ހުކުމްކުރިނަމަވެސް އަދީބުގެ ސިއްހީ ހާލަތަށް ރިޔާއަތްކޮށް ވަނީ ގެއަށް ބަދަލުކޮށްފައެވެ. އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅިގެން އަދީބު މައްޗަށް ދައުލަތުން އުފުލި 7 ދައުވާއަށް އޭނާ ވަނީ އިއުތިރާފުވެޑައިގެންފައެވެ. އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ހަތް ދައުވާއަކީ އޭނާ ޓޫރިޒަމް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނެވިއިރާއި އޭގެފަހުން ނާއިބު ރައީސްއަަކަށް ހުންނަވާ ޓޫރިޒަމް މިނިސްޓަރުކަމުގެ މަސްޢޫލިއްޔަތު އަދާކުރެއްވިއިރު ހިންގާފައިވާ ކޮރަޕްޝަން މައްސަލަތަކާއި ގުޅޭ ދައުވާތަކެވެ. އަދީބުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ހިޔާނާތުގައި ބައިވެރިވިކަމުގެ ކުށިގެ ދެ ދައުވާއާއި މަގާމު ނުފޫޒު ބޭނުންކުރުމުގެ ދެ ދައުވާއާއި ރަސްމީ ހައްސިއްޔަތު ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރކުރުމުގެ ކުށުގެ ދެ ދައުވާއެވެ. އެހުރިހާ ދައުވާއެއް ސާބިތު އަދީބު އަންނަނީ 20 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒްކުރަމުންނެވެ.
ކޮމެންޓު ފޮނުވާ