އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމަށް ބުނި މީހާގެ ބަންދަށް އިތުރު 3 ދުވަސް ޖަހައިފި

އިންޑިއާ ހައިކޮމިޝަން ގޮއްވާލާނެކަމަށް ބުނި މީހާގެ ބަންދަށް އިތުރު 3 ދުވަސް ޖަހައިފި

ގުޅުންހުރި

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަން ގޮއްވާލަން އިންޒާރުދީ ޓްވީޓްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ގެންދިއުމުން އިތުރު 3 ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހައިފިއެވެ.

އިންޑިއާގެ ހައިކޮމިޝަން ގޮއްވާލާނެކަމަށްބުނެ އިންޒާރުދިން މީހާގެ ބަންދުގެ މުއްދަތުގެ އިއްޔެއަށް ހަމަވާތީ، އޭނާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުން ވަނީ އިތުރު ތިން ދުވަހަށް ބަންދުގައި ބެހެއްޓުމަށް މުއްދަތު ޖަހާފައެވެ.

އިންޑިއަން ހައިކޮމިޝަން ގޮއްވާލާނެކަމަށް ބުނެ ޓްވީޓް ކޮށްފައިވާ މައްސަލައާ ގުޅިގެން 42 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމީހާއަކީ އެމްޑީޕީއަށް ނިސްބަތްވާ މީހެކެވެ. އޭނާއަކީ އެންމެ ފަހުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޕްރައިމަރީގައި މައްޗަންގޮޅި ދެކުނު ދާއިރާގެ ޕްރައިމަރީގައި ވާދަކުރުމަށް ހުށަހެޅި މީހެކެވެ. އިނާދުގެ މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގުގެ މައްޗަށް ބިނާކޮށް އޭނާ އެމްޑީޕީން ވަކިކުރަން ވެސް އެ ޕާޓީއިން މިހާރު ވަނީ ނިންމައިފަ އެވެ.

ސޯޝަލް މީޑިއާއާއި، އަދި އެނޫންވެސް ވަސީލަތްތައް ބޭނުންކޮށްގެން މީހުންނަށް އަނިޔާވެރިވުމަށާއި، މުދަލަށާއި ތަކެއްޗަށް ގެއްލުން ދިނުމަށް ގޮވާލުމާއި އެފަދަ އަމަލުތަކަށް ތަރުހީބުދޭ ފަރާތްތަކުން އެކުރަނީ ޖިނާއީ ކުށެއްކަން ފުލުހުން ވަނީ ފާހަގަކުރައްވާފަައެވެ. އަދި، އެފަދަ އަމަލު ހިންގާ މީހުންގެ މައްސަލަ ފުލުހުން ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

ފުލުހުން ވިދާޅުވީ، ދިވެހި ރާއްޖޭގައި ޤާއިމުކޮށްފައި ހުންނަ ބޭރު ގައުމުތަކުގެ މިޝަންތަކުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަކީ ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކުގެ މައްޗަށް ލާޒިމުކަމަކަށް ވީހިނދު، ދިވެހިރާއްޖެއާއި އަވައްޓެރި ޤައުމުތަކާ ދެމެދު އޮންނަ ގުޅުމަށާއި، ބޭރު ޤައުމުތަކުގެ މިޝަންތަކުގެ ރައްކާތެރިކަމަށް ބުރޫ އަރާގޮތަށް ކުރާ ކަންކަމަށް ހިތްވަރުލިބޭ ގޮތަށް، އެފަދަ ކަންކަން ދިފާއުކޮށް ބައެއް އޮންލައިން ނޫސްތަކުން މައުލޫމާތު ފަތުރަމުންދާތީ، އެކަމާ ދިވެހި ފުލުހުންގެ ޚިދުމަތުން ނުހަނު ކަންބޮޑުވާކަމަށެވެ.

އަދި މިފަދަ ކަންކަމަކީ، ދިވެހިރާއްޖޭގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުންނާއި ބޭރު މިޝަންތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުން ނުރައްކަލަށް ހުށަހެޅި، ޚާރިޖީ ގުޅުންތަކަށް ބުރޫއަރާފާނެ ފަދަ ނާޒުކު މައްސަލައެއްކަމުން، މައުލޫމާތު ފެތުރުމުގައި މިހާރަށްވުރެ ޒިންމާދާރުވުމަށް ހުރިހާ ފަރާތްތަކަށް ފުލުހުން އިލްތިމާސް ކުރައްވާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ