ފްލެޓް ލިބުނު މީހުން މާލޭ ދަފްތަރުން އުނިކޮށް، ފްލެޓް ނުލިބޭ މީހުން މައުލޫތު އެއްކުރަނީ

ފްލެޓް ލިބުނު މީހުން މާލޭ ދަފްތަރުން އުނިކޮށް، ފްލެޓް ނުލިބޭ މީހުން މައުލޫތު އެއްކުރަނީ

Author
މުޙައްމަދު ޝަޒައިމް
11 ޖުލައި 2021 12:14
0

ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫޢުގެ ތެރެއިން ފްލެޓް/ގޯތި ލިބިފައިހުރި ފަރާތްތަށް މާލެ ދަފްތަރުން އުނިކުރުމަށް ނިންމާފައިވާކަމަށް މާލެ ސިޓީ ކައުންސިލުން މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ދަފްތަރާ ގުޅޭ ހަރުދަނާ އުސޫލެއް ކަނޑައެޅެންދެން ދަފްތަރުގައި މީހުން ޖެއްސުން މެދުކަނޑާލަން ސިޓީ ކައުންސިލުން މިހާރު ވަނި ނިންމާފައެވެ. ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުއިއްޒު ވިދާޅުވީ މާލޭ ދަފްތަރުގައި ތިބި މީހުންގެ ތެރެއިން ގެދޮރުވެރިކަން ލިބުނު މީހުންނަކީ ކޮބައޮތޯ ބަލައި އަދި މިހާރު ގެދޮރުވެރިކަން ނުލިބިތިބީ ކޮންބައެއްތޯ ބެލުމަށް ކައުންސިލުން ހުޅުވާލާނެކަމަށެވެ.

މާލޭ ދަފްތަރުގައި ޖެހިފައިތިބި މީހުންގެ ތެރެއިން ސަރުކާރުގެ ގެދޮރުވެރިކަމުގެ މަޝްރޫއަކުން ފްލެޓް/ގޯތި ލިބިފައިހުރި ފަރާތްތައް ދަފްތަރުން އުނިކުރުމަށް އަދި މައިމުޅަވެފައިވާ ފަރާތްތައް ދެނެގަތުމަށް އެފަރާތްތަކުން މަޢުލޫމާތު ޙިއްސާކުރުމަށް ކައުންސިލްއިން ހުޅުވާލުމަށްވަނީ ނިންމާފައި. ޑރ.މުއިއްޒު ވިދާޅުވިއެވެ.

ދަފްތަރަކީ މާލޭގެ ގެދޮރުވެރިކަމާ ވަރަށް ބޮޑަށް ގުޅިފައިވާކަމަކަށް ވާއިރު، ގެދޮރުވެރިކުރުމުގެ މައްސަލަ ޙައްލުކުރުމުގެ މަގުޗާޓެއް ސިޓީ ކައުންސިލުން އެކުލަވަލާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ. މަގުޗާޓު އެކުލަވަލާ، ހަރުދަނާ އުސޫލަކާއެކު ދަފްތަރުގެ ކަންކަން ކުރިއަށްގެންދިއުމަށް، މާލެ ދަފްތަރުގައި ޖެހުމުގެ ކަންކަން ވަގުތީގޮތުން މެދުކަނޑާލަން ކައުންސިލުން ވަނީ ނިންމާފައެވެ.

މާލޭގެ ދަފްތަރުގައި ޖެހުމަށް ހުޅުވާލީ 1994 އަހަރުއެވެ. މިހާތަނަށް އެންމެ ގިނަ މީހުން ދަފްތަރުގައި ޖެހުނީ 2018ވަނަ އަހަރުއެވެ. ޢެ އަހަރު 1972 މީހުން ދަފްތަރުގައި ޖެހިފައިވެއެވެ. އެއީ މީގެ ކުރިން އެންމެ ގިނަ އަދަދަކަށް މީހުން ދަފްތަރުގައި ޖެހުނު 2008ވަނަ އަހަރަށްވުރެ ތިން ގުނަ އިތުރު އަދަދެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.