ވެކްސިން ފުރިހަމަކޮށް ކަރަންޓީގައި ތިބި މީހުން ނެގެޓިވް ނަތީޖާއާއެކު ދޫކޮށްލެވޭނެ: އެޗްޕީއޭ

ވެކްސިން ފުރިހަމަކޮށް ކަރަންޓީގައި ތިބި މީހުން ނެގެޓިވް ނަތީޖާއާއެކު ދޫކޮށްލެވޭނެ: އެޗްޕީއޭ

ގުޅުންހުރި

މިވަގުތު ރަށްރަށުގައި ކަރަންޓީނުގައި ތިބި މީހުންގެ ތެރެއިން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުން ޕީ.ސީ.އާރް ޓެސްޓު ހަދާ ނެގެޓިވް ނަތީޖާއާއެކު ކަރަންޓީނުން ދޫކޮށްލެވޭނެކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން އާންމުކުރި އިޢުލާނެއްގައި ބުނެފައިވަނީ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް 14 ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކުގެ ތެރެއިން މާލެއިން ރަށްރަށަށް ދަތުރުކުރުމާ ގުޅިގެން މިހާރު ހޯމް ކަރަންޓީނުގައި ތިބި ފަރާތްތަކާއި އެ ފަރާތްތަކާއެކު ދަތުރުކޮށް ކަރަންޓީނުގައި ތިބި ވެކްސިން ނުޖެހޭ އުމުރުފުރާގެ ކުޑަކުދިންވެސް ޕީ.ސީ.އާރް ޓެސްޓު ހަދާ ނެގެޓިވް ނަތީޖާއާއެކު ކަރަންޓީނުން ދޫކޮށްލެވޭނެކަމަށެވެ.

އެޗްޕީއޭއިން ބުނީ ރާއްޖެއިން ބޭރުން އައިސްފައިވާ ކަރަންޓީންވެފައިވާ ފަރާތްތަކުގެ ތެރެއިން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކޯވިޑް-19 އިމަރޖެންސީ ޔޫސް ލިސްޓިން އަށް ހުއްދަ ދީފައިވާ ވެކްސިނެއް ފުރިހަމަކޮށް 14 ދުވަސް ހަމަވެފައިވާ، އަދި ކަރަންޓީނުގެ 7 ދުވަސް ފުރިހަމަވެފައިވާ ފަރާތްތަކުން ޕީ.ސީ.އާރް ޓެސްޓު ހަދައި ނެގެޓިވް ނަތީޖާ ލިބުމުން ކަރަންޓީނުން ދޫކުރެވޭނެކަމަށެވެ.

ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް 14 ދުވަސްވެފައިވާ ފަރާތްތަކާއި ކޯވިޑަށް ޕޮޒިޓިވްވިތާ 60 ދުވަސް ނުވާމީހުން މާލެއިން ރަށްރަށަށްދާއިރު ކަރަންޓީން ވާން ނުޖެހޭނެކަން ހާމަކޮށް ސަރުކާރުންވަނީ ފިޔަވަޅުތަކަށް ލުއިދީފައެވެ.

ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ