ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުސްތަފާ

އަދާލަތު ޕާޓީ ކޯލިޝަނަށް ވަދެ، ގަދަކުރީ 12 މެމްބަރުންގެ ހައްގު ވިއްކައިގެން

އަދާލަތު ޕާޓީ ކޯލިޝަނަށް ވަދެ، ގަދަކުރީ 12 މެމްބަރުންގެ ހައްގު ވިއްކައިގެން

އަދާލަތު ޕާޓީއަކީ، 12 މެމްބަރުންގެ ހައްގު ވިއްކާލާއިގެން ކޯލިޝަނަށް ވަދެ، ގަދަ ކުރި ޕާޓީއެއްކަމުގައި ވިދާޅުވެ، ރައްޔިޔުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ކުރޫގެ މެމްބަރު މުހައްމަދު މުސްތަފާ އަދާލަތު ޕާޓީއަށް ފާޑު ވިދާޅު ވެއްޖެއެވެ.

އަދާލަތު ޕާޓިއަށް ފާޑު ވިދާޅުވެ މުސްތަފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، އަދާލަތު ޕާޓީއަކީ ފަޚުރުވެރިކަމާއެކު ވާހަކަ ދެއްކުމުގެ އެއްވެސް ހައިސިއްޔަތެއް ނެތް ޕާޓީއެއް ކަމަށާއި، އެ ޕާޓީގެ މިންވަރަކީ މިއަދުވެސް އެންމެ މަޖިލިސް މެމްބަރެއްގެ މިންވަރު ކަމުގައިވެސް މުސްތަފާ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ. ބެލެވޭ ގޮތުގައި މުސްތަފާ އިޝާރާތް ކުރެއްވީ، އެޕާޓީގެ ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވި ހަމައެކަނި މެމްބަރުގެ ގޮތުގައި އެޕާޓީގައި، ކުރީގެ މަޖިލިސް މެމްބަރު އަނާރާ ނައީމް އަށެވެ.

މުސްތަފާ ވިދާޅުވި ގޮތުގައި، 12 މެމްބަރުން ތަމްސީލުކުރި ދާއިރާތަކުގެ ރައްޔިތުންގެ އަދަދު 60،000 އަށް އަރާއިރު، 6،000 މެމްބަރުން ހަމަނުވާ ޕާޓީއަކަށް ދައުލަތުގެ ވުޒާރާތަކާއި، ކުންފުނިތަކާއި، އިސްމަގާމްތައް ހަވާލު ކުރުމަކީ މިސަރުކާރުން ހިޔަންޏަށް ނެގި މުޑިއެއް ކަމަށެވެ.

2018ވަނަ އަހަރު މިސަރުކާރު ވެރިކަމަށް ގެނައުމަށްޓަކާ ހެދުނު ކޯލިޝަންގެ އެއް ލީޑަރުގެ ގޮތުގައި އޭރު ހުންނެވީ، މިހާރުގެ ހޯމް މިނިސްޓަރު ޝޭޚު އިމްރާންއެވެ. އަދި، ރައީސް ޔާމިންގެ ވެރިކަން ބަދަލުކުރުމަށް އޭރުގެ އިދިކޮޅު ފަރާތްތަކާ ބައިއަތު ހިފި 12 މެމްބަރުންނަށް، ހިގަމުންދާ ރައްޔިތުންގެ މަޖިލިހުގެ އެމެމްބަރުންގެ ދާއިރާތަކަށް ކޯލިޝަންގެ ފަރާތުން ވާދަކުރުމުގެ ފުރުސަތު ދިނުމަށް ކޯލިޝަންގެ 4 ލީޑަރުން ވައުދު ވިއިރު، އަދާލަތު ޕާޓީގެ ރައީސް ޝޭޚު އިމްރާންވެސް ވަކިން 12 މެމްބަރުންނާ ބައްދަލުކޮށް، މިވައުދު 12 މެމްބަރުންނަށް ވެފައިވާ ކަމަށް، އެމެމްބަރުން ވިދާޅު ވެއެވެ.

އެހެންނަމަވެސް، 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ކޯލިޝަންގެ ސްލޮޓުގައި ވާދަ ކުރުމުގެ ފުރުސަތު 12 މެމްބަރުންގެ ތެރެއިން އެއްވެސް މެމްބަރަކަށް ލިބިގެން ގޮސްފައެއް ނުވެއެވެ.

12 މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުން މިހާރު ފާޅުގައި މަސައްކަތް ކުރަމުންދަނީ ސަރުކާރާ ދެކޮޅަށެވެ. އަދި ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުސްތަފާ ހިމެނިވަޑައި ގަންނަވަނީ، މިސަރުކާރަށް އެންމެ ބޮޑަށް ފާޑު ވިދާޅުވާ އެއް ބޭފުޅެއްގެ ގޮތުގައެވެ.

ހިޔާލުފާޅު ކުރައްވާ!

2 Responses

  1. ބަގާވާތްކޮށްފާނެ ތީވަރަށް ބިރު ގަނޭ ސޯލިހު އަދާލަތެެކޭތިކިޔާ ޕާޓީދެކެ މީހަމަ ހަގީގަތް އެއްވެސް މެމް ބަރެއް ނެތި ތިންހާސްހަމަނުވާ ޕާޓީޔަކަށް ސަރުކާރުގެ %20 ދޭކަށްނުޖެހުނީސްކަން ކަ ށަވަރު

Leave a Reply

Your email address will not be published. Required fields are marked *