ކޯވިޑް-19އަށް އިތުރު 139 މީހުން ޕޮޒިޓިވްވެއްޖެ

ކޯވިޑް-19އަށް އިތުރު 139 މީހުން ޕޮޒިޓިވްވެއްޖެ

Author
ޢަލީ އާދަމް
07 ޖުލައި 2021 10:07
0

ރާއްޖެއިން ކޯވިޑް-19އަށް އިތުރު 139 މީހުން ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރުއަލަށް ޕޮޒިޓިވްވި 139 މީހުންގެ ތެރޭގައި ހިމެނެނީ، މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 26 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 81 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 08 މީހުންނާއި ސަފާރީ ތަކުން ޕޮޒިޓިވް 02 މީހުންނާއި އިންޑަސްޓްރިއަލް މަސައްކަތްކުރާ ރަށަކުން ޕޮޒިޓިވްވި 22 މީހެކެވެ.

އަލަށް މި ބައްޔަށް ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ޖުމްލަ 74،724 މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

އެކްޓިވް ކޭސްތަކުގެ ޢަދަދު މިހާރު ހުރީ 2،932 ގައި އެވެ. ބައްޔަށް ޕޮޒިޓިވްވެފައި ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން މިހާރު އަންނަނީ 22 މީހަކަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 355 މީހެކެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 71،567 އަށް އިތުރުވެފަ އެވެ.

ބަލި ދެނެގަތުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4،745 ސާމްޕަލް ވަނީ ޓެސްޓުކޮށްފަ އެވެ.

މިހާތަނަށް ރާއްޖޭގައި ކޯވިޑް ބަލި ޖެހިގެން ނިޔާވީ މީހުންގެ އަދަދު ވަނީ 213އަށް އަރާފަ އެވެ. މީގެތެރޭގައި ހިމެނެނީ 195 ދިވެހިންނާ 18 ބިދޭސީންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.