ދުނިޔޭގެ ސިޔާސީ ޕާޓީތަކުގެ މަހާސިންތާގައި ޑރ.މުއިއްޒު ބައިވެރިވެ ވަޑައިގެންފި

ދުނިޔޭގެ ސިޔާސީ ޕާޓީތަކުގެ މަހާސިންތާގައި ޑރ.މުއިއްޒު ބައިވެރިވެ ވަޑައިގެންފި

Author
މުޙައްމަދު ޝަޒައިމް
07 ޖުލައި 2021 10:48
0

ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް 100އަހަރު ފުރުމުގެ މުނާސަބަތުގައި ދުނިޔޭގެ ސިޔާސީ ޕާޓީތަކާއެކު ބޭއްވުނު މަހާސިންތާގައި ޑރ.މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

ޑރ. މުއިއްޒު މި މަހާސިންތާގައި ބައިވެރިވެޑައިގަތީ ރައީސް އަބްދުﷲ ޔާމީނަށް އެރުވި ދައުވަތުގައެވެ. މި ބައްދަލުވުމަގައި ޑރ. މުއިއްޒު ބައިވެރިވެވަޑައިގަތީ ކޮވިޑް ގެ ހާލަތުގެ ސަބަބުން އޮންލައިންކޮށެވެ.

މަހާސިންތާގައި ދުނިޔޭގެ 160 ގައުމެއްގެ އެކި ޕާޓީތަކުގެ 500 އަށް ވުރެން ގިނަ ލީޑަރުން ބައިވެފައިވެއެވެ. އަދި އެޕާޓީތައް ތަމްސީލުކުރުމަށްޓަކައި 10،000 އަށް ވުރެން ގިނަ ސިޔާސީ ފަރާތްތައް ބައިވެރިވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ޕީޕީއެމް އާއި  ޗައިނާގެ ކޮމިއުނިސްޓް ޕާޓީއާއި ދެމެދު ވަރަށް ގާތް ގުޅުމެއް އުފެދިފައިވެއެވެ. ސަބަބަކީ ރައީސް ޔާމީން ގެ ވެރިކަމުގައި ޗައިނާއިން ދިވެހިރާއްޖޭގައި ތަރައްގީ ކުރުމުގެ އެތައް ޕްރޮގުރާމްތަކެއް ހިންގާފައިވާތީއެވެ. މި މަހާސިންތާގައި ރާއްޖޭގެ ސިޔާސީ ޕާތީތަކުގެ ތެރެއިން ބައިވެރިވީ ހަމައެކަނި ޕީޕީއެމް އިންނެވެ. މައުލޫމާތު ލިބޭ ގޮތުގައި މި މަހާސިންތާއަށް ހުރިހާ ޕާޓީތަކަށްވެސް ދައުވަތު އަރުވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.