މިއަދު މާލެއިން 23 މީހުން އަދި ރަށްރަށުން 74 މީހުން ޕޮޒިޓިވް ވެއްޖެ

މިއަދު މާލެއިން 23 މީހުން އަދި ރަށްރަށުން 74 މީހުން ޕޮޒިޓިވް ވެއްޖެ

ރާއްޖެއިން ކޯވިޑް-19އަށް އިތުރު 105 މީހުން ޕޮޒިޓިވްވެއްޖެ އެވެ.

އެޗްޕީއޭއިން ޢާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރުއަލަށް ޕޮޒިޓިވްވި 105 މީހުންގެ ތެރޭގައި ހިމެނެނީ، މާލެ ސަރަޙައްދުން ބައްޔަށް ޕޮޒިޓިވްވި 23 މީހުންނާއި އަތޮޅުތަކުގެ ރަށްރަށުން ޕޮޒިޓިވްވި 74 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 07 މީހުންނާއި އިންޑަސްޓްރިއަލް މަސައްކަތްކުރާ ރަށަކުން ޕޮޒިޓިވްވި މީހެކެވެ.

އަލަށް މި ބައްޔަށް ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ޖުމްލަ 74،585 މީހުންވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

އެކްޓިވް ކޭސްތަކުގެ ޢަދަދު މިހާރު ހުރީ 3،148 ގައި އެވެ. ބައްޔަށް ޕޮޒިޓިވްވެފައި ތިބި މީހުންގެ ތެރެއިން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދެމުން މިހާރު އަންނަނީ 25 މީހަކަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 183 މީހެކެވެ. މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދުވަނީ 71،212 އަށް އިތުރުވެފަ އެވެ.

ބަލި ދެނެގަތުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި 4،200 ސާމްޕަލް ވަނީ ޓެސްޓުކޮށްފަ އެވެ.

މިހާތަނަށް ރާއްޖޭގައި ކޯވިޑް ބަލި ޖެހިގެން ނިޔާވީ މީހުންގެ އަދަދު ވަނީ 213އަށް އަރާފަ އެވެ. މީގެތެރޭގައި ހިމެނެނީ 195 ދިވެހިންނާ 18 ބިދޭސީންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *