ރަންވީރަށް ތަފާތު ގޮތަކަށް ދީޕިކާ އުފަންދުވަހުގެ ތަހުނިޔާ ކިޔައިފި

ރަންވީރަށް ތަފާތު ގޮތަކަށް ދީޕިކާ އުފަންދުވަހުގެ ތަހުނިޔާ ކިޔައިފި

Author
ފާތިމަތު ނާވީ
07 ޖުލައި 2021 07:06
0

ބޮލީވުޑްގެ މެދުއުޑުގައި ފިޔަޖަމުން އަންނަ ދެ ތަރިން ކަމުގައިވާ ދީޕިކާ ޕަޑުކޯން އާއި ރަންވީރް ސިންގ ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރު އާއިލާ އާއި ގާތް ރަހުމަތްތެރިންނާއެކު އިޓަލީގެ ލޭކް ކޯމޯގައި ވަރަށް ވެސް ޕްރައިވެޓް ކޮންނެވެ.

މިއީ ގިނަ ބަޔަކު އައިޑިއަލް ކަޕުލް އެއްގެ ގޮތުގައި ބަލަމުންއަންނަ ޖޯޑެކެވެ. އެންމެންވެސް އެބަސްވާގޮތުގައި މީ ވަރަށް ލޯބި ޖޯޑެކެވެ. އަދި ހަމައެހެންމެ މި ދެތަރިންނަކީ ވެސް ސޯޝަލް މީޑިއާގައި ވަރަށް ހަރަކާތްތެރި ދެތަރިންނެވެ.

އިއްޔެ އިންސްޓަގްރާމުގައި ތަފާތު ގޮތަކަށް ފިރިމީހާ އަށް އުފަންދުވަހުގެ ތަހުނިޔާ ކިޔައި، ދީޕިކާ ވަނީ އާންމުންގެ ސަމާލުކަން ހޯދާފަ އެވެ. ދީޕިކާ ވަނީ ރަންވީރާއި އެކު "ތުވަޑާ ކުއްތާ ޓޮމީ" ލަވައަށް ނަށާފަ އެވެ. ލޯބިން ފުރިގެން ވާ މެސެޖަކާއި އެކު ޕޯސްޓް ކޮށްފައިވާ މި ވީޑިއޯގައި މި ދެމަފިރިންގެ މެދުގައިވާ ލޯބި ވަރަށް ރަނގަޅަށް ވަނީ ހާމަވެގެން ގޮސްފައިއެވެ.

 

View this post on Instagram

 

A post shared by Deepika Padukone (@deepikapadukone)

ރަންވީރުގެ އުފަންދުވަހާ ގުޅުވައިގެން އިއްޔެ ކަރަން ޖޯހަރު ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމުވެސް އިއުލާން ކޮށްފަ އެވެ. ދުވަސް ތަކަކަށް ފަހު ޑައިރެކްޓަރު ގެ ގޮނޑީގައި ކަރަން އިށީންނަ އިރު ކަރަންގެ ކުރިއަށް އޮތް ފިލްމުން ފެނިގެން ދާނީ އާލިއާ ބަޓާއި ރަންވީރު ސިންގް ކަން ކަރަން ވަނީ އިއުލާން ކޮށްފަ އެވެ. މި ފިލްމުގެ ނަމަކީ "ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ"އެވެ.

 

View this post on Instagram

 

A post shared by Karan Johar (@karanjohar)

މި ވަގުތު ދީޕިކާ ހުރީ ފިލްމް "ޕަތަން" ގެ ޝޫޓިންގައި މުމްބާއީގަ އެވެ. ދީޕިކާ ވަނީ ޕޮރޮޑަކްޝަން ހައުސްއާއި ވަހަކަ ދައްކައިގެން ރަންވީރުގެ އުފަންދުވަހަށް އޮފް ނަގައި އުފަންދުވަސް ފާހަގަކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.