ކިތަންމެ ކަނޑު ގަދަވިޔަސް ޕާޓިގެ މިސްރާބު ހުރީ އަމާޒާ ދިމާލަށް: ޢިމްރާން

ކިތަންމެ ކަނޑު ގަދަވިޔަސް ޕާޓިގެ މިސްރާބު ހުރީ އަމާޒާ ދިމާލަށް: ޢިމްރާން

Author
މުޙައްމަދު ޖިމީ
06 ޖުލައި 2021 12:39
0

އަދާލަތު ޕާޓީގެ އަމާޒު ވަރަށް ސާފުކަމަށާއި، ކިތަންމެ ކަނޑު ގަދަވިޔަސް އެޕާޓިގެ މިސްރާބު ހުރީ އަމާޒާ ދިމާލަށްކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓިގެ ރައީސް އަދި ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ޢިމްރާން ވިދާޅުވީ، ވާދަވެރި އެހެން ޕާޓީތަކާވެސް އެކުގައި މަސައްކަތްކުރުމުގެ ޤާބިލުކަން ޢަދާލަތު ޕާޓީގައި އެބަހުރިކަމަށެވެ. އެޕާޓީން ދެމި އޮންނާނީ ސަރުކާރާއެކުގައިކަން ފާހަގަކުރައްވާ ޢިމްރާން ވިދާޅުވީ  ޕާޓީގެ ސިޔާސަތާއި އުސޫލުތަކާ އެއްގޮތަށް ސަރުކާރަށް އެއްބާރުލުން ދިނުންމަތީގައި އެޕާޓީ ދެމިއޮންނާނެކަމަށެވެ.

ޢަދާލަތު ޕާޓީއަކީ ޢަދުލު އިންސާފުގެ މައްޗަށް ބިނާވެގެންވާ ދީނީ، ސިޔާސީ އަދި އިޖްތިމާޢީ ނިޒާމެއް އެކުލެވޭ ޕާޓީ އެއްކަމަށާއި، އެނިޒާމު ދިވެހިރާއްޖޭގައި ހަރުދަނާކުރުމަށް މަސައްކަތް ކުރުން އެއީ ޢަދާލަތު ޕާޓީގެ އަމާޒުކަމަށްވެސް ޢިމްރާން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވީ، ޢަދާލަތު ޕާޓީ އުފެދިގެންއައި ދުވަހުން ފެށިގެން މިހާތަނަށްވެސް އެޕާޓީގެ މައިގަނޑު އެއް އަސާސް ކަމުގައިވާ މަތްވާވެގެންވާ އިސްލާމް ދީނުގެ ސައްޙަ އަޤީދާއާއި ޙައްޤު ދަޢުވަތު ޙިމާޔަތް ކުރާނެ ސިޔާސީ ފުރިހަމަ ބާރެއް ރާއްޖޭގައި ޤާއިމުކޮށް ދަމަހެއްޓުން އެއީ އެޕާޓީގެ ސާފު އަމާޒުކަމަށެވެ.

އަދާލަތު ޕާޓިގެ އަމާޒަކީ އެޕާޓީގެ މެންބަރުންގެ ޢަދަދު 10،000 ހަމަކޮށް، ދައުލަތުގެ ބަޖެޓުން ފައިސާ ލިބޭ ޕާޓީއަކަށް ހެދުންކަމަށެވެ.

ޢިމްރާން މިހެން ވިދާޅުވެފައިވާއިރު، އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ރަޖިސްތޤރީކޮށްގެން ހިންގާ 10 ސިޔާސީ ޕާޓީގެތެރެއިން 10،000 މެންބަރުން ހަމަވަނީ 3 ޕާޓިއެއްގައެވެ. އަދާލަތު ޕާޓީގައި އެ ޢަަދަދަށް މެންބަރުން ނުހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަކޫން
ގުއި ދުނެކޭ ކާޅަށް ގުއިފެނުނީމަ ވާހެން އަދާލަތަށްވެފަ ތިޔައޮތީ ،ދުވަހަކު ހިތަށް އެރިކަމެއް ނޫން ކިތައްމެ ބޭނު މަސް މިނިސްޓަރ ކަމެއްލިބިދާނެ ކަމަކީ. ތިޔަ މަޤާމާ ހެދި ތިބޭނީ ސަރުކާރާ އެކުގަ .ސެކިއުލިޒަމް އަށް ސަރުކާރުން ތާއީދު ކޮށް ދީނީ ޢިލްމްވެރިންގެ އަގައިގަ ޓޭޕް އެޅިޔަސް އިމްރާން މެން ހަމަ ތިބޭނީ މިސްރާބުހުރީ އަމާޒާ ދިމާލަށޭ ކިޔަކިޔާ ޢެއަމާޒަކީ މަޤާމް ދޮއްތަ.