"ދަ ބިގް ޕިކްޗާ"ގެ ނަމުގައި ކަލާޒް އިން ވަނީ މުޅިން އަލަށް ގޭމް ޝޯވ އެއް އިއުލާން ކޮށްފައެވެ. މި ޝޯވ ހޯސްޓް ކުރާނީ ބޮލީވުޑްގެ މަޝްހޫރު ތަރި ރަންވީރު ސިންގ އެވެ. މީ ރަންވީރު ޓީވީ ޝޯވ އެއް ހުށައަޅައިދޭ ފުރަތަމަ ފަހަރެވެ.
މި ޝޯވ އިއުލާންކޮށް ރަމީކޮށް ޓީޒާ ދައްކަންފެށީ މިދިޔަ ހޮނިހިރު ދުވަހު އެވެ. މިއީ ގޭމް ޝޯވއެކެވެ.

ޝޯވ ގައި ބައިވެރިވާ ބައިވެރިންނަށް ފައިސާގެ ބޮޑެތި އިނާމުތަކެއް ލިބޭ މި ޝޯވ އާއި ސަލްމާން ޚާން ވެސް ވަނީ ގުޅިފައިއެވެ. ސަލްމާން މި ޝޯވ ގައި ބައިވެރި ވަނީ ކޯ ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުންނެވެ. ކަލާޒް އިން މިހާރުވެސް އަންނަނީ ސަލްމާން ހޯސްޓު ކުރާ ޝޯވ އެއް ގެނެސް ދެމުންނެވެ. އެއީ ބިގް ބޮސްއެވެ.
ޝޯވގެ ޓީޒާ ދައްކަންފެށި ނަމަވެސް ކަލާޒް އިން ޝޯވ ދައްކަން ފަށާނެ ދުވަހެއް އަދި ހާމައެއް ނުކުރެއެވެ.
ރަންވީރު ގެ ކުރިއަށް ހުރި ފިލްމްތަކަށް ބަލާއިރު މިހާރު ހަބަރުތަށް ލިބޭ ގޮތުގައި އެންމެ އަވަހަށް ފެނިގެން ދާނީ ފިލްމް "83″ އެވެ. މި ފިލްމުގައި ރަންވީރުގެ އަނބިމީހާގެ ރޯލުން އޭނާގެ އަންހެނުން ދީޕިކާ ޕަޑުކޯން ފެނިގެން ދާނެއެވެ. މީގެ އިތުރުން އޭނާގެ "ޖަޔޭޝް ބާއީ ޖޯރުދާރު" އަދި "ސާކަސް" ވެސް ކުރިއަށް އެބައޮތެވެ.
އަދި ދާދިފަހުން ކަރަން ޖޯހަރް އިއުލާން ކުރި އޭނާގެ ޑައިރެކްޝަން "ރޮކީ އޮރް ރާނީ ކީ ޕްރޭމް ކަހާނީ" އަކީވެސް ރަންވީރު ސިންގގެ ކުރިއަށް އޮތް ބޮޑު އެއް ޕްރޮޖެކްޓެވެ.
ކޮމެންޓު ފޮނުވާ