ކޮވިޝީލްޑްގެ ދެ ވަނަ ޑޯޒަށް ނަމްބަރު ދޫކުރަން ފަށައިފި

ކޮވިޝީލްޑްގެ ދެ ވަނަ ޑޯޒަށް ނަމްބަރު ދޫކުރަން ފަށައިފި

ގުޅުންހުރި

ކޮވިޝީލްޑް ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހުމަށް އޮންލައިންކޮށް ވެސް ނަމްބަރު ދޫކުރަން މިއަދު ފަށައިފިއެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ޖެހުން ކުރިއަށްދާނީ އެޕޮއިންޓްމަންޓް އުޞޫލުންކަމަށެވެ. ރާއްޖޭގައި ކޯވިޝީލްޑް ވެކްސިން ޖަހަން މިފަށަނީ ގާތްގަނޑަކަށް 2 މަސް ދުވަހުގެ މެދުކެނޑުމަކަށްފަހުއެވެ. ކިއުބީން ނަމްބަރު ދޫކުރަނީ ދެ ދަންފަޅިއަކަށެވެ. ސޯޝަލް ސެންޓަރާއި އިސްލާމިކް ސެންޓަރާއި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު އަދި އާޓްގެލެރީން ޖުމްލަ ހެނދުނު 10:00 އިން ފެށިގެން 590 ނަމްބަރު އަދި މެންދުރު ފަހު 1:00 އިން ފެށިގެން 590 ނަމްބަރު ދޫކުރަން ހަމަޖައްސާފައި ވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ކޮވިޑުން ދިފާއުވުމަށް ޖަހާ ވެކްސިންގެ ދެ ވަނަ ޑޯޒަށް މިހާރު ހުޅުވާލާފައިވަނީ ފެބްރުއަރީ 1 އިން ފެށިގެން މާޗު 15 ވަނަ ދުވަހާ ހަމައަށް ވެކްސިން ޖަހާފައިވާ މީހުންނަށް ކަމަށެވެ. އަދި ވީހާ ވެސް ގިނަ ބަޔަކަށް ދެ ވަނަ ޑޯޒް ޖެހުމަށް، ކުރިން ވެސް އަންގާފައިވާ ގޮތަށް އެ އެޖެންސީން ގުޅައި އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް އެހީތެރިވެދޭނެ ކަމަށް ބުނެފައިވެއެވެ.

ކޮވިޝީލްޑް ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ދޫކުރުމަށް ނިންމާފައިވަނީ ފުރަތަމަ ޑޯޒް ޖެހި ތަރުތީބުން، ކުރިން ވެކްސިން ޖެހި މީހުންނަށް އިސްކަންދީގެނެވެ. އެގޮތުން މިއަހަރުގެ ފެބްރުއަރީމަހު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް މިމަހުގެ 4 ވަނަ ދުވަހު ވެކްސިން ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށް އެޗް.ޕީ.އޭއިން ގުޅަމުންދާނެކަމަށް އެ އެޖެންސީން ވިދާޅުވެއެވެ. އަދި އެޕޮއިންޓްމަންޓް ލިބޭ ހުރިހާ ފަރާތްތަކުންވެސް ކަނޑައަޅާފައިވާ ސެންޓަރަށް ގަޑިއަށް ވަޑައިގެންދެއްވުމަށް ސަމާލުވުމަށް އެޗް.ޕީ.އޭއިން ވަނީ ދަންނަވާފައެވެ. ކޮވިޝީލްޑްގެ ދެވަނަ ޑޯޒް މިފަހަރު ދޭން ހަމަޖެހިފައިވަނީ ހަމައެކަނި އެޕޮއިންޓްމަންޓް ހަދައިގެންކަމަށްވެސް އެޗް.ޕީ.އޭއިން ހާމަކުރައްވާފައިވެއެވެ.

ރާއްޖޭގައި ކޯވިޑް-19އިން ދިފާޢުވުމަށް ވެކްސިން ޕްރޮގްރާމް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ. ދުނިޔޭގެ ބާޒާރަށް ކޯވިޑާގުޅިގެން ނެރުނު ވެކްސިންތަކުގެ ތެރެއިން ރާއްޖޭގައި ހުއްދަދެވިގެން އެންމެ ފުރަތަމަ ޖަހަންފަށާފައިވަނީ ކޮވިޝީލްޑް ވެކްސިނެވެ. އަދި ރާއްޖޭގައި އެންމެ ގިނަ ބަޔަކު މިހާތަނަށް ޖަހާފައިވަނީވެސް މި ވެކްސިނެވެ. ނަމަވެސް ކޮވިޝީލްޑް ވެކްސިންގެ އިތުރު ޝިޕްމަންޓްތައް ހޯދުމުގައި ކުރިމަތިވި ދަތިތަކާއެކު ރާއްޖޭގައި މި ވެކްސިން ޖެހުން މެދުކަނޑާލާފައިވަނީ މިދިޔަ މެއިމަހުގެ ތެރޭގައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ